ށ. ފީވަކު ކައުންސިލުން އަޅަން ނިންމާފައިވާ މަސްޖެޓީގެ ޕައިލިން އަދި ކޮންކްރިޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
މިކަމާގުޅިގެން ފީވަކު ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަންކަމަށާއި، ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 ބީލަން ކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފީވަކު ކައުންސިލުން ހާމަކުރި ގޮތުގައި، 20 ނޮވެންބަރު 2026 ވަނަ ދުވަހުގެ 09:30 އިން 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް އެ އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑް ފޯމެއްގެ އަގަކީ 5,000 ރުފިޔާއެވެ.ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ އެ އިދާރާގެ އީމެއިން info@feevah.gov.mv އަށް މެއިލް ކުރުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން، ކައުންސިލް އިދާރާއަށް ދުރުވެ ނަގުދު ފައިސާއިން ވެސް މި ފައިސާ ދެއްކޭނެކަމަށް ފީވަކު ކައުންސިލުން ހާމަކުރެއެވެ.
މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށާއި، މި ބައްދަލުވުމަށްފަހު ބިޑް ފޯމް ބައިވެރިންނާ ހަވާލުކުރެވޭނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 07 ޑިސެމްބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ. ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށާއި، މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ނަންބަރު 6540046 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!