އެމެރިކާގެ ފެޑެރަލް ބިއޯ އޮފް އިންވެސްޓޭޝަން (އެފްބީއައި) އެންމެ ހޯދަން ބޭނުންވާ 10 މީހުންގެ ލިސްޓުގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މަޝްހޫރު ޑްރަގް ލޯޑެއް ކަމަށްވާ ފައުސްޓޯ އިސިދްރޯ މޒާ ފްލޯރެސް މެކްސިކޯގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފި އެވެ.
މި ހާދިސާއާ ގުޅިގެން މެކްސިކޯގެ ސިނަލޯއާ ސްޓޭޓްގައި ހިނގި ހޫނު ހަނގުރާމަވެރި ކުރިމަތިލުންތަކެއްގެ ސަބަބުން، ބޭސްބޯޅަ މެޗެއް ބަލަން ތިބި ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ބިރުވެރިކަމެއްގެ ތެރޭގައި ދަނޑުދޫކޮށް ފިލަން ދުވެފަ އެވެ.
މެކްސިކޯގެ ގިނަ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހައްޔަރުކޮށްފައިވަނީ ގުއަސަވޭ ސަރަހައްދުގައި ހަރަކާތްތެރިވާ މެޒާ-ފްލޯރެސް ކްރިމިނަލް އޮގަނައިޒޭޝަން ނުވަތަ "ލޮސް މާޒަކޯސް" ކިޔާ ކާޓެލްގެ އިސްވެރިޔާ "އެލް ޗަޕޯ އިސިދްރޯ" އެވެ. ނަމަވެސް މެކްސިކޯގެ ރަސްމީ ފަރާތްތަކުން މި ހައްޔަރުކުރުން އަދި މިހާތަނަށް މިނިވަންކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އެފްބީއައިގެ ވޯންޓް ޕޯސްޓަރެއްގައިވާ ގޮތުން މެޒާ ފްލޯރެސްއަކީ އެމެރިކާއަށް ގިނަ އަދަދަކަށް ހެރޮއިން، މެތަމްފެޓަމިން، ކޮކެއިން، ފެންޓަނީލް އަދި މަރިޖުއާނާ އެތެރެކޮށް، ވިޔަފާރިކޮށް، ގެންގުޅުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތެކެވެ. އޭނާގެ މައުލޫމާތެއް ފޯރުކޮށްދޭ ފަރާތަކަށް 5 މިލިއަން ޑޮލަރުގެ އިންމެއް ދޭން ވަނީ ހުށަހަޅާފަ އެވެ. އަދި އޭނާގެ މައްޗަށް 2012 އަދި 2019 ވަނަ އަހަރު ޑްރަގް ޓްރެފިކް ކުރުމާއި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެގެން ދައުވާކޮށްފައިވާ ކަމަށް އެފްބީއައިއިން ބުނެ އެވެ.
މެކްސިކޯގެ އަސްކަރިއްޔާއިން މެޒާ ފްލޯރެސް ހައްޔަރުކުރުމަށް ހިންގި މި އޮޕަރޭޝަނާ ގުޅިގެން ހުކުރު ދުވަހު ގުއަސަވޭގައި ވަނީ ސަލާމަތީ ބާރުތަކާއި ހަތިޔާރު އެޅި ހަނގުރާމަވެރިންނާ ދެމެދު ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މެކްސިކޯގެ ސަލާމަތީ ބާރުތަކުގެ ހެލިކޮޕްޓަރުތަކަކުން ބިމަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. އަދި ފެޑެރަލް އޮފިޝަލުންނަށް ހަމަލާތަކެއް އަމާޒުވިކަން ހަތަރު ލޯކަލް އޮތޯރިޓީތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާތަކުގެ އަޑު ގަދަވެގެން ދިޔުމާއެކު، ކޫރޮޑާ ޕާކް ސްޓޭޑިއަމްގައި ބޭސްބޯޅަ މެޗު ބަލަން ތބި މީހުން ވަނީ ކުއްލިއަކަށް ބިރުވެރިކަމުގެ ތެރޭގައި ދަނޑުން ނުކުންނަން ފަށާފަ އެވެ.MEXICAN FORCES REPORTEDLY CAPTURE 'EL CHAPO ISIDRO' — FBI MOST WANTED FUGITIVE — in MAJOR GUASAVE OPERATION as CARTEL unleash CHAOS across SINALOA Fierce shootouts, helicopter gunfire, burning gas stations & HIGHWAY BLOCKADES ROCK REGION amid operation targeting CARTEL BOSS https://t.co/q3KND9WjhJ
— RT (@RT_com) November 21, 2026
"ތިރިއަށް ތިރިއަށް، ތިރިއަށް!" ބިރުވެރިކަމުގެ ތެރޭގައި މީހަކު ހަޅޭއްލަވަމުންދިޔަ އިރު، ކުޑަކުއްޖަކު ރޮމުންދާ އަޑުވެސް އިވިފައިވެ އެވެ. އަދި ވެނަޑޮސް ޑި މެޒަޓްލާން އަދި އަލްގޮޑޮނެރޮސް ޑި ގުއަސަވޭގެ ކުޅުންތެރިން މެޗު މެދުކެނޑުމަށްފަހު ދަނޑުން ފިލައިގެން ދުވެފައިވާ މަންޒަރު ވަނީ ޓީވީ ބްރޯޑްކާސްޓްތަކުން ދައްކާފަ އެވެ.
މި ހާދިސާއާ ގުޅިގެން ސިނަލޯއާ ސްޓޭޓްގެ ސަރުކާރުން ވަނީ ގުއަސަވޭގެ ރައްޔިތުން ގެއިން ބޭރަށް ނުނުކު، މަގުމައްޗަށް ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އޯޑަރު އަލުން ގާއިމްކުރުމަށްޓަކައި އިންޓަރއެޖެންސީ ގްރޫޕްގެ ފަރާތުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި ސަލާމަތީ އޮޕަރޭޝަން ނިމުމުން އެކަން ރަސްމީކޮށް އަންގާނެ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!