އިސްރާފު ކުޑަކޮށް ސަލާމަތްކުރި ފައިސާއިން ފީވަކު ކައުންސިލުން އެޅި އެކޮމޮޑޭޝަން ބްލޮކް ހިންގަން ޙަވާލުކޮށްފި
ށ. ފީވަކު ކައުންސިލުން އަލަށް ތަރައްޤީކުރި އެކޮމޮޑޭޝަން ބްލޮކް ހިންގުމަށް “ބަލްމާ ސަންސެޓް ރެސްޓޯރެންޓް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 20 އަހަރު ދުވަހުގެ މުއްދަތަށް މި އެއްބަސްވުމުގެ ދަށުން، މި ތަން ކުއްޔަށް ދޫކޮށްފައިވަނީ މަހަކު 22,500 ރުފިޔާގެ މަގުންނެވެ. މި އެއްބަސްވުމުގައި ފީވަކު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސްކަމުގެ ތިންވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ ޢަލީ ރަޝީދެވެ. އަދި ބަލްމާ ސަންސެޓް ރެސްޓޯރެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނ...