ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން، ށ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގެ ވަގުތު މިވަގުތު ދީފައި ވަނީ މިއަދު 10:30 އާއި ހަމައަށެވެ.

Ad
rt

މިވަގުތުގައި ށ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް ބޯ ކެރި ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ގުގުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި 35 މޭލަށް ވައިޖެހި ކަނޑު ގަދަވާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.