ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި

ފޮޓޯ: އުލިގަމު ކައުންސިލް
ފޮޓޯ: އުލިގަމު ކައުންސިލް

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގައި ބައިވެރިވާ ޔޮޓްތައް ހއ. އުލިގަމުގައި ބަނދަރުކޮށްފައެވެ.

އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރު" ގައި ބައިވެރިވާ ޔޮޓްތައް އެރަށުގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޮޓްތައް ފެންނަ ފޮޓޯތައް ވެސް އާންމު ކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފަށާފައި ވަނީ ހއ. ހޯރަފުށިންނެވެ. މި ހަރަކާތް ފެށުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތަކާއި، ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.

Yatch Rally - Uligam - Savaadheetha dhathuru
ފޮޓޯ: އުލިގަމު ކައުންސިލް

ވަރަށް ކުލަގަދަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމާއި، ފަންނާއި ތަރިކައާއި ޘަގާފަތާބެހޭ ވަޒީރު ޔުމްނާ މައުމޫނާއި، އެމްއައިޓީޑީސީގެ އިސްވެރިންނާއި ހޯރަފުށީގެ އެކި ގިންތީގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި ދަތުރުގައި 12 ޔޮޓެއް ބައިވެރިވާއިރު މީގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާގެ ޔޮޓުތައް ހިމެނެއެވެ.

ތިން ހަފްތާއަށް ކުރިއަށް ގެންދާ މި ރެލީގައި، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ބ. އަތޮޅުގެ ރަށްތަކަށް ޓުއާގެ ބައިވެރިން ޒިޔާރަތް ކުރާނެއެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ 11 ރަށަކާއި ހަތަރު ފަޅުރަށެއް ވެސް ހިމެނެއެވެ.

Yatch Rally - Uligam - Savaadheetha dhathuru
ފޮޓޯ: އުލިގަމު ކައުންސިލް

މި ޓުއާގައި ދާ ރަށްތަކުގެ ތެރޭގައި ހއ. އުލިގަން، ހޯރަފުށި، މަތީރަށް، ގައްލަންދޫ، އިހަވަންދޫ، ތަކަންދޫ، އުތީމު އަދި ބާރަށާއި ހދ. އަތޮޅުން ނޮޅިވަރަންފަރު، ކުޅުދުއްފުށި އަދި ކޭލަކުނާއި ށ. އަތޮޅުން ދާނީ ފުނަދޫ އަދި ނަލަންދޫ އަދި ނ. ލަންދޫ އާއި ބ. ތުޅާދޫ އަދި ހަނިފަރު ބޭއާއި ބިލެއްދޫ ތިލަ ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިސަރަހައްދަށް ފީނައިގެންތަފެންނަނީ ނޫނީ، އައި މަގުމަތީގަ ޕޮޓް ކުރީތަ މަސްތުވާތަކެތި؟ މިކަން ބެލިތަ އެއްވެސް ބަޔަކު؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި