ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ.
މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.
މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތުރުކުރައްވާ ހުރިހާ ދަތުރުވެރިންނާއި މަސްވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ.
މީގެއިތުރުން، އެ ސަރަހައްދުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުކުރެއްވުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކައުންސިލުން ވަކިން ޚާއްސަކޮށް ފާހަގަކޮށްފައިވަނީ، ރޭގަނޑުގެ ވަގުތުތަކުގައްޔާއި އަދި ފެނުން ދަށް ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރައްވާނަމަ އިތުރަށް ސަމާލުކަން ދެއްވުން އެދޭ ކަމަށެވެ.
މާއުނގޫދޫ ކައުންސިލުން ވަނީ އެ ސަރަހައްދުން ދަތުރުފަތުރު ކުރާ އެންމެހައި ފަރާތްތަކުން ވެސް މިކަމަށް ސަމާލުވެ، ދަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!