ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށްފި
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް ހއ. އުލިގަމުގައި ބަނދަރުކޮށްފައެވެ. އުލިގަމު ކައުންސިލުން މިއަދު ހެނދުނު ވަނީ ސަވާދީއްތަ ދަތުރު” ގައި ބައިވެރިވާ ޔޮޓްތައް އެރަށުގައި ބަނދަރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ ޔޮޓްތައް ފެންނަ ފޮޓޯތައް ވެސް އާންމު ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފަށާފައި ވ...