ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރަން ފަށައިފި
މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޔޮޓު ރެލީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ. މި ދަތުރުގެ އާރުކާޓީންނަކީ ލޯކަލް ޓުއަ ގައިޑުންނެވެ. އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށީ ފަތުރުވެރިކަ...