ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ތިލަފުށްޓަށް

FI_o87XaQAAknpp

މިސަރުކާރުން ތިލަފުށީގައި ހިންގަވާ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތިލަފުށްޓަށް ވަޑައިގެން ފި އެވެ.

މިދަތުފުޅުގައި އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އެމްޑީ އާދަމް މުހައްމަދުގެ އިތުރުން މިނިސްޓްރީގެ ވޭސްޓް މެނެޖްމަންޓް ޑިޕާޓްމެންޓެގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ތިލަފުށީގައި އަންނަނީ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން އެރަށުގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެމްކޯއާއި ގުޅިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ތިލަފުށީގައި ގާއިމުކުރާނެ އެވެ.

ކުނި ވަޅުލައިގެން ހިއްކާފައިވާ ތިލަފުއްޓަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯ އާއި މިނިސްޓްރީ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ. މީގެ އިތުރުން އެމްޓީސީސީ އާއި ގުޅިގެންވެސް މިނިސްޓްރީން އަންނަނީ އެރަށުގައި މަޝްރޫޢުތައް ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވެރިކަން ހިމާޔަތްކޮށްދީ. ާއެހެންނޫނީނީނީނީނީނީނީނީނީނީނީނީނީނީނީ ހަފުސްވެދާނެ. ޖަލަށް ދާން ޖެހިދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *