ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

Ad
rt

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ. އެގޮތުން ސައިޓް މޮބިލައިޒް ކުރީ، މި މަހުގެ 16 ވަނަ ދުވަހުއެވެ.

ސައިޓް މޮބިލައިޒް ކުރުމަށްފަހު ދެން ކުރިއަށްދާނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޭންޑް ސާޗް ސަރްވޭ ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.