ކުޅުދުއްފުށީ ސިޓީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މިމަހުގެ 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕޭން އޮފީހެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ މިއަދު 14:55 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.