މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބުލެޓުތަކެއް ދިރުވާލި މީހާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި މީހާއާ މެދުގައި ޝައްކު ކުރެވިގެން މާލެ ތެރެ ޕެޓްރޯލް ކުރި ފުލުހުން އެމީހާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހުއެވެ.

Ad
rt

އެ މީހާގެ ހާލު ސީރިއަސްވެގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ.

މި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދޭ އިރު، އޭނާ ދިރުވާލީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ވެސް ފުލުހުން ނުބުނެއެވެ. އެ ދިވެހި ފިރިހެން މީހާ އަށް އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަން ފުލުހުން މިހާރު ވަނީ އާއިލާ އަށް ވެސް އަންގައިފައެވެ.

ފުލުހުން ބުނެފައި ވަނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްދުން ނައްޓާފައިވާ، ބޮޑުވެފައިވާ މައްސަލައެކެވެ.