އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަކީ ފާހަގަކޮށްލެވޭ ކުރިއެރުމެއް: ރައީސް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރާއިރު، މި ބައްޔާ ހަނގުރާމަކުރަމުންދާ ފަރާތްތަކާއި ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ހިތްވަރުގަދަކަން ރައީސް ވަނީ ފާހަގަކުރ...