ކުރިންވެސް އޮތްގޮތަށް ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ކައުންސިލާއި މަޝްވަރާތައް ކުރެވުނު ކަމަށެވެ.

Ad
rt

ފިއްލަދޫ ރައްޔިތުން އެ މައްސަލާއި މެދު ދެކޭގޮތާމެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަނބުރާ ދައްޕަރު ހިމަނަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.

ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ސިޔާސީ ފިކުރު އެކަހެރިކޮށް އެއްބައިވަންތަ ރޫހެއްގައި

މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި، ޒުވާނުންނާއި މުޅި ރައްޔިތުން ގުޅިގެން ސިޔާސީ ފިކުރު އެއްކިބާކޮށް ވަނީ "ސޭވް ދައްޕަރު"ގެ ނަމުގައި ހަރަކާތެއް ވެސް ހިންގާފައެވެ. މި ހަރަކާތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލިސްއަށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ.

ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް އިޔާދަކޮށް ދިނުމަށް އެދި ހއ. އަތޮޅު ކައުންސިލުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްގެ ސިޓީއެއް ފޮނުވާފައެވެ.

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވަނީ ކުރިން ވެސް ވިދާޅުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވެސް ވަނީ ވިދާޅުވެފައެވެ.

ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމްގެ އިތުރުން ރައީސް އޮފީހުގެ ކަމާބެހޭ ބޭފުޅުން ވެސް ވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު އޮންލައިން ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ބޭފުޅަކު ދައްޕަރު ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުގައި އޮތުމަކަށް މައްސަލައެއް އޮތްކަމަކަށް އިންކާރު ކުރައްވާފައި ނުވާކަމަށް ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވަނީ "ތިލަދުން"އަށް ވިދާޅުވެފައެވެ.