ހދ. އަތޮޅު ތަރައްޤީގެ މަހާސިންތާ، އަންނަމަހު ފަށަނީ

Hdh. Atoll Council

ހދ. އަތޮޅުގައި ތަރައްގީގެ މަހާސިންތާއެއް ފަށަން އެ އަތޮޅު ކަައުންސިލުން ނިންމަވާފި އެވެ.

މި މަހާސިންތާ އަކީ ހދ. އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގާތުން ފޯރުކޮށްދިނުމާއި މާލީ ތަނަވަސްކަން ރައްޔިތުންނަށް ހޯދައިދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަހި ގޮތްތަކެއް ހޯދުމަށް ކުރިއަށް ގެންދެވޭ މަހާސިންތާއެކެވެ.

މި މަހާސިންތާ އަކީ އެ އަތޮޅުގެ ވިޔާފާރިވެރިންނާއި ޖަމިއްޔާތަކުގެ އިސްފަރާތްތަކާއި ގުޅިގެން ބާއްވަން ހަމަޖެހިފައިވާ މަހާސިންތާއެކެވެ.

އެގޮތުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އާންމުކުރެއްވި އިއުލާނެއްގައި ވާގޮތުން، މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިވެރިން އަދި ރަޖިސްޓްރީ ކުރެވިގެން ގަވާއިދުން ހިންގަމުންދާ މަދަނީ ޖަމުއިއްޔާތަކުގެ ރައީސުން އަދި ނާއިބު ރައީސުން މިމަހުގެ 19 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން ޚާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.

މި މަހާސިންތާ ކުރިއަށް ދާނީ އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި