މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަ ހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
"350 ކިލޯ ލޮރީއަކަށް ކައުންސިލަށް ނަގާނީ 200ރ. އާއްމު ފަރާތަކަށް 250ރ. ނަގާނެ. 1.5 ޓަނުގެ ލޮރީއަކަށް 450ރ. އަދި ދެ ޓަނުގެ ލޮރީއަކަށް 650ރ. ނަގަނީ. ސިޓީ ކައުންސިލުން އެންމެ ފަހުން ދެއްކި ބިލެއް، މިހާރު ޕެންޑިންގައި ހުރީ ކިހާވަރެއްތޯ ސާފުކޮށްލަންވީނޫންތޯ،" އާދަމް ވިދާޅުވިއެވެ.
އޭނާ ވަނީ ގެތަކުން ކުނި ނެގުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެ ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތައް ވެސް ދޮގު ކުރައްވައިފައެވެ. އެގޮތުން، އެ އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހާ ކުނި ނެގުމާ ގުޅޭ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެ ސިޓީ ކައުންސިލާއެކު އަޅުގަނޑުމެން ސޮއި ކުރީ އެންމެ އެގްރީމެންޓެއްގައި. މި އެގްރީމެންޓުގެ ޕްރިންސިޕަލް އެގްރީމެންޓުގައި ސޮއި ކުރީ 2018ވަނަ އަހަރު. އެއީ މާަލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި، ކުނި ނަގައި، ކުނި އުކާލުމާ ގުޅޭ އެގްރީމެންޓެއް. ސަރުކާަރު ބަދަލުވެ އަނެއްކާ ސިޓީ ކައުންސިލާއެކު ހަމަ މި އެގްރީމެންޓުގައި އަޅުގަނޑުމެން ސޮއި ކުރީ. އެހެންކަމުން ހައުސް ހޯލްޑް ވޭސްޓް ކަލެކްޝަނާ ގުޅޭ އެއްވެސް އެބަސްވުމެއްގައި ކައުންސިލާ އެކު ސޮއި ކޮށްފައި ނުވާނެ،"
އާދަމް ވިދާޅުވިއެވެ.
އާދަމް މިހެން ވިދާޅުވީ މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކުރާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!