ނޮޅިވަރަމް އިދްރީސް އާދަމަށް އެހީތެރިކަން ފޯރުކޮށްދެމާ!

Idrees

ހދ. ނޮޅިވަރަމް ތްރީ ފްލާވާ އިދްރީސް އާދަމަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމިގެ ގޮތުން މާލެ ބަދަލުވެ ކުއްޔަށް މާލޭގައި ދިރިއުޅެމުން އަނަން އިރު އެ އާއިލާގެ ހުރިހާ ޒިންމާއެއް ނަގައި ޚަރަދު ބަލަހައްޓަމުން އައިސްފައިވަނީ އިދްރީސް އަދާކުރަމުން އަންނަ ރިސޯޓް ވަޒީފާއިން ލިބޭއެއްޗަކުންނެވެ.

ކުރިންވެސް އުކުޅުވަޅުގައި ރިއްސި ނަމަވެސް އިދްރީސްގެ ކަނާތުފައިގެ އުކުޅުވަޅުގައި އާދަޔާ ޚިލާފް ބޮޑު ސިސްޓެއް އުފެދިފައިވާ ކަން އެނގިގެން ގޮސްފައި ވަނީ ދާދި ފަހުންނެވެ. އިދްރީސްގެ މި ބައްޔަށް އިތުރު ފަރުވާ ރާއްޖެއިން ލިބެން ނެތުމާއިއެކު އާސަންދައިގެ އެހީތެރިކަމާއިއެކު މިވަގުތު އިދްރީސް ހުރީ އިންޑިއާގައެވެ.

މިހާރު އެއް އޮޕަރޭޝަން ކޮށްފައިވާއިރު އިދްރީސްގެ ހާލަތު ސްޓޭބަލްއެއް ނޫނެވެ. ހިނގާ ނޫޅެވެއެވެ. އިއްތާ އިންނަން އުނދަގުލެވެ. އަދި އިތުރު ދެ އޮޕަރޭޝަން ކުރަން އޮތުމާއިއެކު ޑޮކްޓަރު ވަނީ އިންޑިއާގައި ތިންމަސް ދުވަހު މަޑު ކުރުމަށް ލަފާދެއްވާފައެވެ. ވުމާއެކު ތިން މަސްދުވަހު އިންޑިއާގައި ތިބުމަށާއި ކެއުމަށް ވެސް ބޮޑު ޚަރަދުތަކެއް ހިނގާތީ އެ އާއިލާއަށް މިހާރު ވަނީ މާލީގޮތުން ވަރަށް އުނދަގޫ ހާލަތަކާއި ކުރިމަތިވެފައެވެ.

އިދްރީސްގެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް އިދްރީސްގެ އުފަންރަށް ނޮޅިވަރަމުން މިހާރު ފަށައިގެން ކުރިއަށް ގެންދާއިރު، އެ ރަށުގެ ދެ ތަނެއްގައި މިހާރު ވެސް ވަނީ ފަންޑް ފޮށި ބެހެއްޓިފައެވެ. އަދި ޖުލައި 27 އިން ފެށިގެން އޯގަސްޓް 04 ވަނަ ދުވަހުގެ ނިޔަލަށް ސޯސަލް މީޑީއާ މެދުވެރިކޮށް ފައިސާ ހޯދުމުގެ ކެމްޕެއިނެއް މިހާރު ވަނީ ފަށާފައެވެ.

ފަންޑް ފޮށިތަކުންނާއި، ސޯސަލް މީޑީއާ ކެމްޕެއިނުން ލިބޭ ފައިސާ އޯގަސްޓް ހަތަރުވަނަ ދުވަހުގެ ރޭ ގުނުމަށް ހަމަޖެހިފައިވާއިރު، އޯގަސްޓް ފަސްވަނަ ދުވަހު އިދްރީސްއަށް އެހީތެރިވުމަށް ފައިސާ ހޯދުމުގެ ގޮތުން މަސައްކަތް ދުވަހެއް ފާހަގަ ކުރުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ.

އިދްރީސްއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ހިމެނިފައިވާ އެކައުންޓް ނަމްބަރުތައް ޚިޔާރުކޮށް އެ ފަރާތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ފޮރުކޮށްދިނުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ރުފިޔާ އެކައުންޓް ނަމްބަރ: 7701 161253 101

އެކައުންޓް ނަން: AHMED WASEEM

ޑޮލަރު އެކައުންޓް ނަމްބަރ: 7715117785002

އެކައުންޓް ނަން: AHMED SHINAN

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ : 7906580، 7905687

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. އިދުރީސް އާދަންނަކީ 20 އަހަރުދުވަހު ގައުމުގެ އިގްތިޟޯދީ މައިތަނބުކަމުގައިވާ ޓުވަރިޒަމްގެ ހިންގުންތެރި އަދި ވަރަށް ހިދުމަތްތެރި ބޭފުޅެކެވެ. ބޭރުކުންފުންޏެއް ކަމުގައިވާ ސިންގަޕޫރުގެ އެޗްޕީއެލްގެ ގިލިލަންކަން ފުށީގެ ސީނިޔާރ ރޫމް ބޯއީއެއްގެ ގޮތުގައި މަސައްކަތުގައި އުޅެނިކޮށް ބަލިވީމަ ނަގާ އެއްލާލީ ވަގުތުން ނޯޕޭލީވްދީފައެވެ. އަދި 3 މަސްދުވަސްތެރޭގައި ބަލިން ރަނގަޅު ނުވެއްޖެނަމަ ވަޒީފާއިން ވަކިވާ ގޮަތްތަށްށެވެ. މިއީ މިއަދު މިގައުމުގައި ތިބި ބޭރުކުންފުނި ތަކުން ދިވެހިންނާ ދޭތެރެ ކަންތައް ކުރަމުންދާ އުސޫލެވެ. މިކަހަލަ ހިދުމަތްތެރިންގެ ހައްގު ހިފެހެއްޓޭނެ ހަރުދަނާ އުސޫލެއް ކޮންމެވެސް ސިޔާސަތެއްގެ ދަށުން އެކުލަވާލައި ތަންފީޒުކުރަން އެބަޖެހެއެވެ. އެޗްޕީިއެލް ގެވެސް ކިތަ ރިސޯޓްތޯ ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރަނީ؟ އެކަމަކު ހިދުމަތްތެރިންނާއި ދޭތެރެ މިހާ އިހާނެތިކޮށް ކަންތައް މިވަނީ ދިވެހިރާއްޖޭގައި ހަރުދަނާ ސިޔާސަތެއް އެކުލަވާލެވިފައި ނެތީމައެވެ. 20 އަހަރު ގައުމަށް ހިދުމަތްކޮށްދެއްވި ބޭފުޅަކު މިވަނީ ހާލުގައިޖެހިފައެވެ. މިވަގުތު ގިލިލަންކަން ފުށީން ނެރުނު ނޯޓިސްގައި ވަނީ އިދްރީސްގެ ފަރުވާއަށް އެހީ ހޯދުމަށްޓަކައި އެހީ ދޭންބޭނުންވާ ސްޓާފުންގެ މުސާރައިން ކަނޑާ ގޮތްތައް ނިންމާފައެވެ. މިކަހަލަ ނޭންގާނި ކުންފުނިތައް ހައްތާހެވެސް މިހުންނަނީ!!

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި