ހދ.ހަނިމާދޫގައި ހެޕީމާކެޓްގެ ފަރާތުން އިންތިޒާމް ކޮށްގެން "ހެޕީމާކެޓް ވޮލީބޯލް ޓޯނަމެންޓް 2020" ނަމުގައި ހިންގުމަށް އިޢުލާން ކޮށްފައިވާ ވޮލީ މުބާރާތް ފަށައިފިއެވެ.
10 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހު މި މުބާރާތް ހަނިމާދޫ ޔޫތު ސެންޓަރު ޓާފް ވޮލީ ކޯޓުގައި ފަށާފައިވާއިރު މި މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ކުޅެފައިވަނީ އަންހެން ކެޓަގަރީގެ މެޗެކެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އުންމީދާއި ޓީމް ކަނބަލުންނެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ޓީމް އުންމީދުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އުންމީދު ޓީމުގެ ޖޯޒީ ނަމްބަރު 8 ޒުނޭރާ އަލީއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރަށުގެ ގިނަ މުއައްސަސާތަކުގެ ވެރިން ވަނީ ބައިވެރި ވެފައެވެ. މި މުބާރާތް ފެއްޓުމުގެ ގޮތުން މުބާރާތާއި ގުޅޭ ހާއްސަ ކޭކެއް ފަޅާފައިވެއެވެ.
މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ދެ މެޗު ރޭގަނޑު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް މަލަރު އަދި ޓީމް ބޮލޮކެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ޓީމް ބްލޮކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ބްލޮކްގެ ޖޯޒީ ނަމްބަރު 11 މުޙައްމަދު ޝާނިޒްއެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ރޫޙް އަދި ޓީމް ޔުނީފޯމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ ރޫޙު ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫޙް ޓީމުގެ ޖޯޒީ ނަމްބަރު 03 ފާއިޤް އަބްދުﷲއެވެ.

11 ނޮވެމްބަރ 2020 ވާ ބުދަ ދުވަހު ވެސް މި މުބާރާތުގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަންހެން ކެޓަގަރީގެ މެޗު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އިރު އެ މެޗުގައި ބައްދަލު ކުރާނީ ވައި ކާންޓް ވީ އަދި ޓީމް ސްޕައިކާރސްއެވެ. ރޭގަނޑު ފިރިހެން ކެޓަގަރީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މުގުރު އަދި ޓީމް ލެޖެންޑްސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކިރާނީ ޓީމް ތޮނަ އަދި ޤައުމީ ޓީމެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއަކީ ހެޕީމާކެޓެވެ. ހަނިމާދޫގައި ފާއިތުވި ދެ އަހަރު ހިންގި ހުރިހާ ކުޅިވަރު މުބާރާތްތަކެއް ވެސް ސްޕޮންސާ ކޮށްފައިވަނީ ހެޕީމާކެޓްގެ ފަރާތުންނެވެ. ހެޕީމާކެޓް ވޯލީބޯލް ޓޯނަމެންޓްގެ 2020 ގެ މީޑިއާ ޕާޓްނަރަކީ ތިލަދުން ނޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!