500 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ހަނިމާދޫގައި އަޅަނީ 9 އަދި 10 ބުރީގެ 5 ޓަވަރު، ތިމާވެށީގެ ކަންބޮޑުވުން ހިއްސާކުރަން ފުރުސަތު
ހދ. ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި ތިމާވެށީގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫއާ ގުޅޭ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް އެކުލަވައިލުމުގެ މަސ...