މުޅި ދުނިޔެއަށް ދިމާވި ވަރުގަދަ ކްލައުޑް އައުޓޭޖަކާ (ޚިދުމަތްތައް މެދުކެނޑުމަކާ) ގުޅިގެން، މައިކްރޮސޮފްޓުން އެ ކުންފުނީގެ އެންމެ ނުރައްކާތެރި އަދި އެންމެ އަވަސްއަހަށް ފިޔަވަޅު އަޅަންޖެހޭ އެމްޖެންސީ ހާލަތު ކަމަށްވާ "ކޯޑް ރެޑ" އިއުލާންކޮށްފިއެވެ.

މި ހާދިސާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސަރުކާރުތަކާއި، ވިޔަފާރި ކުންފުނިތަކާއި އަދި އެއާލައިންތަކުގެ އިތުރުން އެކްސްޗޭންޖް އޮންލައިން، އައުޓްލުކް، ޓީމްސް އަދި ކޮޕިލޮޓްގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.

މިގޮތުން މިދިޔަ ނޮވެމްބަރު 12 އިން 13 އަށް 24 ގަޑިއިރަށް ދެމިގެންދިޔަ މި މައްސަލައިގެ ސަބަބުން މައިކްރޯސޮފްޓް 365 ގެ މައިގަނޑު ޚިދުމަތްތައް ކަމަށްވާ އައުޓްލުކް، އެކްސްޗޭންޖް އޮންލައިން، ޓީމްސް އަދި ކޯޕައިލެޓްގެ ޚިދުމަތަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މި ހާދިސާގެ ސަބަބުން އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކާއި މާލީ މުޢާމަލާތްތައް ކުރާ ބޮޑެތި ވިޔަފާރިތަކަށް ވެސް ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ.

މި މައްސަލަ މެދުވެވި ސަބަބު ހޯދުމަށް ކުރި މަސައްކަތުން، މައިކްރޮސޮފްޓަށް ފާހަގަކުރެވުނީ 2026 ވަނަ އަހަރުގެ ޖުލައި މަހު ގެނެވުނު ވިންޑޯސްގެ ސްކޭލަބިލޓީގެ އައިބެއްގެ ސަބަބުން ދިމާވި ފަންނީ މައްސަލައެއް ކަމަށެވެ. ގޭޓްވޭ ޕްރޮސެސްތަކަށް ޚިއްޞާކުރެވިފައިވާ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ކްލައުޑް އިންފްރާސްޓްރަކްޗަރަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ގުޅިވާ އެތައް ނިޒާމުތަކެއް ވަނީ ފެއިލްވެފައެވެ.

ނަމަވެސް، މިއީ އެއްވެސް ކަހަލަ ސައިބަރ ހަމަލާއަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އަދި އަމިއްލައަށް މަސައްކަތްކުރާ އޭއައި އޭޖެންޓްތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދީފައިވެއެވެ. އެމް365 ކޯ ފައުންޑޭޝަންގެ ރައީސް ސަން ހެންޑަރސަން ވިދާޅުވީ، މިއީ އެކްސްޗޭންޖް އަންލައިންގެ ތާރީޚުގައި ވެސް ކަސްޓަމަރުންނަށް އެންމެ ބޮޑަށް އަސަރުކުރި އެއް ހާދިސާ ކަމަށާއި، މީގެ ސަބަބުން ވިޔަފާރިތަކާއި ސަރުކާރުގެ ގިނަ އަދަދެއްގެ ބޭނުންކުރާ ފަރާތްތަކަށް ގާތގަނޑަކަށް ފުރިހަމަ 24 ގަޑިއިރު އީމެއިލްގެ ޚިދްމަތް ނުލިބި ދިޔަ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ކުންފުނީގެ އެތެރޭގައި ހިންގަމުންދިޔަ ކަންކަމަށް ބަލާއިރު، ބޮޑެތި ގޮންޖެހުންތަކާއި ހަލަބޮލިކަން ކުރިމަތިވެފައިވާކަން އެތެރޭގެ މެމޯތަކުން ހާމަވެފައިވެއެވެ. ކޯޕަރޭޓް ވައިޕީ އަމަންޑާ ސިލްވަރ ވިދާޅުވީ، މައްސަލަ ދެނެގަތުމަށް މަސައްކަތްކުރި ފަރާތްތަކަށް ޑޭޓާތައް ވަކިވަކިން ހުރުމުގެ ސަބަބުން، 11 ވަކި ޓީމްސް ޗެޓެއްގައި 11،000 އަށްވުރެ ގިނަ މެސެޖު ބަދަލުކުރަންޖެހުނު ކަމަށެވެ.

އީ.ވީ.ޕީ ޗާލްސް ލަމާ ވިދާޅުވީ، މައްސަލަ ދިމާވި ބައިގައި މީގެ ކުރިން ކުދިކުދި އަދި "ޤަބޫލުކުރެވޭވަރުގެ" މައްސަލަތައް ގިނަ ދުވަސްތަކެއް ވަންދެން ހުރެ، ނިޒާމުގެ ބަލިކަށިކަން ފޮރުވިފައި އޮތީ ކަމަށެވެ. އަދި ހެންޑަރސަން ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު އެމް365 ޚިދްމަތްތަކަށް ބޭނުންވާ އަވަސް ފިކްސްތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް މީގެ ކުރިން ފަހަކަށް ނުވަތަ ހައެއް ދުވަސް ނަގައެވެ.

މިކަމާ ގުޅިގެން ސީ.އޯ.އޯ ސަތުޔާ ނަދެއްލާ ވަނީ އާންމުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ލީޑަޝިޕުން ވަނީ ފަސް އިންޖިނިއަރިން މަސައްކަތެއް ފަށާފައެވެ.

މީގެ ތެރޭގައި ހިމެނެނީ މައްސަލައެއް ދެނެގަނެވި އެކަން ހައްލުކުރުމަށް ނަގާ ވަގުތު އެއް ގަޑިއިރަށް ކުޑަކުރުމާއި، ސަރަޙައްދީ ޓްރެފިކް ވަކިކުރުމުގެ ސަބަބުން އެއް ވެއަރ އައިބަކުން މުޅި ދުނިޔެއަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތް ހެދުމެވެ. ވެރިކަންކުރާ ނިޒާމުތައް މާގިނައިން ލޯޑްވާ ވަގުތުތަކުގައި ޚިދްމަތް މުޅިން ހުއްޓުމަކަށް ދިޔުމުގެ ބަދަލުގައި، މުހިންމު ނޫން ޓްރެފިކްތައް އަމިއްލައަށް ދޫކޮށްލެވޭނެ ގޮތަށް ނިޒާމު ފަރުމާކުރުމާއި، ލައިވް އޮޓޭޖްތަކުގެ ވަގުތުގައި ސިސްޓަމްގެ ސިއްހަތާބެހޭ މައުލޫމާތު އަވަހަށް އެއްކޮށް މައްސަލައިގެ އަސްލު ދެނެގަތުމަށް އޭއައި އޭޖެންޓްތައް ބޭނުންކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިންފްރާސްޓްރަކްޗަރ ލީޑަޝިޕާއެކު ކޮންމެ ދުވަހަކު ރިވިއު ކުރުމާއި، އާކިޓެކްޗަރަލް ބަދަލުތައް ނިމެންދން ކޮންމެ ހަފްތާއަކު ކުރިއެދުންތައް ބެލުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.