އއ. ތޮއްޑޫގެ ހުޅަނގު އުތުރުން ފަސް މޭލު ބޭރުގައި، އައު ޑިޒައިނެއްގެ އޮއިވާލި ކަނދުފައްޗެއް ފުރަތަމަ ފަހަރަށް އަޅައިފިއެވެ. މިއީ ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ކަނދުފައްޗެކެވެ.
މި ކަނދުފަތި އަޅާފައިވަނީ އޮއިވާލި ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށްޓަކައި ހިންގަމުންދާ މަޝްރޫޢުގެ ތެރެއިންނެވެ. މި މަޝްރޫޢަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) ގެ އެހީތެރިކަމާއެކު ވުޒާރާއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިއީ މި ބާވަތުގެ ޚާއްޞަ ކަނދުފައްޗެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އެޅި ފުރަތަމަ ފަހަރެވެ. މި ކަނދުފަތި ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ޑިޒައިން އަސްލަކަށް ބަލައިގެންނެވެ.
މި ޑިޒައިނުގެ މައިގަނޑު ސިފައަކީ ކަނދުފަތީގެ ފްލޯޓިންގ ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށް ފަރުމާކޮށްފައި ވުމެވެ. މިގޮތުން ކަނދުފަތީގެ މައި ފްލޯޓިންގ ސްޓްރަކްޗަރ ހަރުކޮށްފައިވަނީ ފެނުއަޑިން 20 މީޓަރުގައެވެ.

ފެނުއަޑީގެ 20 މީޓަރުގައި މި ސްޓްރަކްޗަރ ކަނދުފަތީގެ މައި ނަގިލި ވަލާއި ގުޅޭގޮތަށް ހަރުކޮށްފައިވާއިރު، އެ ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރުކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ވަނީ ހަރުކޮށްފައެވެ.
މީގެ އިތުރުން، މި ކަނދުފަތީގެ ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވަނީ 'ފްލޯޓިންގ' ވާ އަދި 'ސިންކިންގ' ވާ ހިމެނޭހެން، މި ކަނދުފައްޗަށް ޚާއްޞަކޮށްގެން އަލަށް ގެނެސްފައިވާ އައު ބާވަތެއްގެ ވަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!