މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5،000 ރުފިޔާއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް ވަނީ މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ. މިގޮތުން ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ވަނީ ބަހާފައެވެ.

Ad
rt

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 102.28 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 107.21 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބު

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 483.79 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަހަރުތަކަށް ބަލާއިރު ލިބިފައިވާ މިންވަރަކީ:

2021: 91.39 މިލިއަން ރުފިޔާ
2022: 92.70 މިލިއަން ރުފިޔާ
2023: 90.28 މިލިއަން ރުފިޔާ
2024: 102.28 މިލިއަން ރުފިޔާ
2025: 107.21 މިލިއަން ރުފިޔާ
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.