ހުޅުމާލެ ފޭސް 1 ގައި ހުންނަ މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މެރިނޭޓް ކެފޭގައެވެ.

Ad
d

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކެފޭގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މެރިނޭޓް ކެފޭގައި ގޭސްފުޅިއެއްގައި ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއާ ހަވާލާދީ އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.

Ad
df

މީގެއިތުރުން، މި ހާދިސާގެ ސަބަބުން އެ ކެފޭގެ އިތުރު އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.