ޒަކާތުގެ ނިޒާމު ޒަމާނީކޮށް ފުދުންތެރިކަން އިތުރުކުރަން ތިން އަހަރުގެ މަގުޗާޓެއް އިފްތިތާހުކޮށްފި
ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތުގެ ނިޒާމު ޒަމާނީކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާޙުކޮށްފިއެވެ. މި ޕްލޭނަކީ 2026 އިން 2028 އަށް އެކުލަވާލާފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މި އިސްތިރާޖީ ޕްލޭން ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މި މަގުޗާޓަކީ ޒަކާތް ބަ...