''ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑު ފާފައެއް، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ''
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ގާތްތިމާގެކަމުގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ބުނެފިއެވެ. “ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން” މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި ވަނީ ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގަ