ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ސެންޓަރުގެ ޚިދުމަތް ވަނީ މިވަގުތައް މެދުކަނޑާލާފައެވެ.

Ad
rt

''ދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން'' ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިތަނުގައި ރޯވި އަލިފާން ނިއްވުމަށް ކުޅުދުއްފުށީ ސިޓީގައި ތިއްބަވާ އެމްއެންޑީއެފްގެ ނޯތު ރީޖަންގެ ސިފައިންނާއި، އެ ސިޓީގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެތަނުގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއްނުވެއެވެ.