ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި
ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...