Skip to main content
Topic Archive

#ކުޅުދުއްފުށީ ސިޓީ ކައުންސިލް

372 Stories filed
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި
Thiladhunmathi News

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ގަސް އިންދައިފި

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވ...

ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރޮސް ސްޓިޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި ތަމްރީން ކޯހަކީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރާ ނުވަތަ ވަޒީފާ އަދާ ނުކުރާ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް، ހާއްސަކޮށް އަންހެނުންނަށް، އާމްދަނީ ހޯދުމަށް މަގު ތަނަވަސް ކުރުމަށާއި، އެކަނބަލުންގެ ހުނަރުވެރިކަން އިތުރުކޮށް، އަތުން އުފައްދާ އުފެއްދުންތައް އިތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ

48 ބުޅަލެއް ނިއުޓާކޮށް އަލުން ވެއްޓަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކޭމްޕް ކާމިޔާބު
Thiladhunmathi News

48 ބުޅަލެއް ނިއުޓާކޮށް އަލުން ވެއްޓަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކޭމްޕް ކާމިޔާބު

ހދ. ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން، 48 ބުޅާ ހިފައި، ނިއުޓާ އަދި ސްޕޭ ކުރުމަށްފަހު، ސިއްހީ ފަރުވާދީ އަލުން ވެއްޓަށް ދޫކޮށްލައިފިއެވެ. މި މަސައްކަތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން “ޓްރެޕް، ނިއުޓާ، ރިލީޒް” ގެ ނަމުގައި ކުރިއަށްގެންދިޔަ ކޭމްޕެއްގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 […]

ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ، ރައްކާތެރިވާން އިލްތިމާސްކޮށްފި
News

ކުޅުދުއްފުށީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެއްޖެ، ރައްކާތެރިވާން އިލްތިމާސްކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާތީ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އެ ކައުންސިލުން މި ފަދައިން އަންގާފައިވަނީ، ކުޅުދުއްފުށީގެ ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ތަޢައްޔަރުވެފައިވާ ވައިގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ސިއްހީ އަސަރުތަކުން ރައްކާތެރިވުމުގެ ގޮތ

ވިއްސާރައިގައި ފެންބޮޑުވެ، ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ބަންދުކޮށްފި
Thiladhunmathi News

ވިއްސާރައިގައި ފެންބޮޑުވެ، ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރު ބަންދުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެ ރަށުގެ ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމާ ގުޅިގެން، އެ ތަން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ކޮމިއުނިޓީ ސެންޓަރު ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ ވިއްސާރައިގައި އެ ސެންޓަރުގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ތަން އަލުން ހުޅުވުމުން އެކަން ރައްޔިތުންނަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ގިނަ ސަރަހައްދުތަކެއްގައި...

ގަދަ ވިއްސާރައިގައި ކުޅުދުއްފުށި ފެނުއަޑީގައި: 100 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެހީތެރިކަމަށް އެދި އެތައް ކޯލެއް
Thiladhunmathi News

ގަދަ ވިއްސާރައިގައި ކުޅުދުއްފުށި ފެނުއަޑީގައި: 100 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެހީތެރިކަމަށް އެދި އެތައް ކޯލެއް

ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 100 އަށް ވުރެ ގިނަ ގޭބިސީއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފަ އެވެ. ވިއްސާރައާ ގުޅިގެން އުފެދުނު މި ހާލަތާ ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް (އީއޯސީ) ގާއިމުކޮށްފަ އެވެ. ސިޓީ […]

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ޒިގްޒެގަށް، އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް އަށް
Thiladhunmathi News

ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ތަށި ޒިގްޒެގަށް، އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް އަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ(އތމކ) ގުޅިގެން ކުރިއަށް ގެންދިޔަ “ކުޅުދުއްފުށި ފުޓްސަލް ޗެލެންޖު 2026″ގެ ރިހެން ޑިވިޝަންގެ ތަށި ޒިގްޒެގް ފޯ ޔޫތް ލިންކޭޖް (ޒެޑްވައިއެލް) އަދި އަންހެން ޑިވިޝަންގެ ތަށި ޔުނީކް ފްރެންޑްސް ހޯދައިފިއެވެ. ކުޅުދުއްފުށީ ފުޓްސަލް ޗެލެންޖު 2026ގެ ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ މަގުލަސް ކްލަބެވެ. އަންހެން ޑިވިޝަންގެ ރަނަރަޕް ޓީމަކީ ”ފައިވް”އެވެ. އިއްޔެ އާއި ރޭގައި ކުޅުނު ފައިނަލް މެޗުތަކުގައި ޒެޑްވައިއެލް އިން ތަށި […]

ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ވާދަކުރުމަށް ހުއްދަ ލިބިފައި ނުވާތީ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
Thiladhunmathi News

ޤުރްއާން މުބާރާތް މިއަހަރު ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް މުބާރާތުގައި ވާދަކުރުމަށް ހުއްދަ ލިބިފައި ނުވާތީ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވުމަށް ތައްޔާރުވި “ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448” މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރުގެ މުބާރާތް ނުބާއްވަން ނިންމީ ސްކޫލްތަކުގެ ދަރިވަރުންނަށް އެ މުބާރާތުގައި ވާދަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިފައި ނުވާތީ ކަމަށެވެ. އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފެށުމަށް ތާވަލުކުރި މި މުބާރާތުގައި މައި...

މަސްވެރިކަމުގެ ދާއިރާއަށް ދޭ 'އާރުވެރި މެޗިންގ ގްރާންޓް'ގެ މައުލޫމާތު ދިނުން މިރޭ ކުޅުދުއްފުށީ ސިޓީގައި
Raajje

މަސްވެރިކަމުގެ ދާއިރާއަށް ދޭ 'އާރުވެރި މެޗިންގ ގްރާންޓް'ގެ މައުލޫމާތު ދިނުން މިރޭ ކުޅުދުއްފުށީ ސިޓީގައި

މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ “އާރުވެރި މެޗިންގ ގްރާންޓް” އާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް މިރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ގްރާންޓާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން މިއަދު އެ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އާންމުކޮށް ހުޅުވާލައިގެން ބާއްވާ މ...

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގެ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރަން ހާއްސަ ޕްރޮގްރާމެއް

ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ފާހަގަކުރ...

މަސްވެރިކަމާއި މެރިކަލްޗާ ދާއިރާއަށް ޚާއްޞަ 'އާރުވެރި' ގްރާންޓްގެ މަޢުލޫމާތު ސެޝަނެއް ކުޅުދުއްފުށީގައި
Thiladhunmathi News

މަސްވެރިކަމާއި މެރިކަލްޗާ ދާއިރާއަށް ޚާއްޞަ 'އާރުވެރި' ގްރާންޓްގެ މަޢުލޫމާތު ސެޝަނެއް ކުޅުދުއްފުށީގައި

މަސްވެރިކަމާއި މެރިކަލްޗަރ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުވާލާފައިވާ “އާރުވެރި” މެޗިންގް ގްރާންޓާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރު 20 ވާ ދުވަހުގެ ރޭގަނޑު ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި މަޢުލޫމާތު ސެޝަނަކީ މަސްވެރިކަމާއި މެރިކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން، މަސްވ...

ކުޅުދުއްފުށީގެ ތިމާވެއްޓާއި ފެންހިންދާ ނިޒާމާއި ކުޅިތައް ބެލެހެއްޓުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގެ ތިމާވެއްޓާއި ފެންހިންދާ ނިޒާމާއި ކުޅިތައް ބެލެހެއްޓުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަނީ

ހދ. ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ ފެންހިންދާ ނިޒާމު ހަރުދަނާކުރުމަށާއި، ރަށުގެ ޤުދުރަތީ ވެއްޓާއި ކަނޑޫފާ އަދި ކުޅިތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ދަޢުވަތު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މިހާރު ވަނީ އެ ރަށުގެ އެންމެހައި ރައްޔިތުންނަށް ދީފައެވެ. އެ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، މި...

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް
Thiladhunmathi News

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް ބީވީއައިއެސްއެމް އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށް ދިޔަ މަޝްވަރާގައި މޭޔަރު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ސިޓީ ކައުންސިލް ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް ލޯފަން އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ކުޅު...

ކޭއާރްއެޗްގެ ޓީމަށް ޑރ. ޢާރިފްގެ ޚާއްޞަ ސެޝަނެއް، ނަފްސާނީ ކުއްލި ޙާލަތްތައް ފިނިކުރުމުގެ އުކުޅުތައް ދަސްކޮށްދީފި
Thiladhunmathi News

ކޭއާރްއެޗްގެ ޓީމަށް ޑރ. ޢާރިފްގެ ޚާއްޞަ ސެޝަނެއް، ނަފްސާނީ ކުއްލި ޙާލަތްތައް ފިނިކުރުމުގެ އުކުޅުތައް ދަސްކޮށްދީފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ކްލިނިކަލް މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުވުމާއި ތަމްރީނު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ކްލިނިކަލް އެކި ޑިޕާޓްމަންޓްތަކުގެ ޞިއްޙީ ޚިދުމަތްތެރިންނަށެވެ. މި ތަމްރީނު ސެޝަން ނަންގަވައިދެއްވީ ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން 14 އަހަރަ...

އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި
Raajje

އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި

ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި، އެ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި “މަނަސް ހަބް” ރަސްމީކޮށް ހުޅުވައިފިއެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. މި މަރުކަޒަކީ މުޖުތަމައުގެ އިޖ...