ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށައިގެން ކުރިއަށްގެންދާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އުތުރު ރީޖަން ގެ ފައިނަލް މެޗުގައި ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމު މާދަމާ ކުޅޭނެއެވެ.
މާދަމާ ހަވީރު ކުޅުދުއްފުށި ސިޓީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލުން ކުޅުދުއްފުށި ޓީމާއި ހަނިމާދޫ ޓީމުން ޖާގަ ކަށަވަރުކޮށްފައިވަނީ އެންމެ ގިނަ ޕޮއިންޓު ހޯދައިގެންނެވެ.
މިގޮތުން މި ދެ ޓީމުންވެސް ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗު ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ހއ. އަތޮޅުން ދެ ޓީމު ބައިވެރިވެފައިވާއިރު، ހއ. އަތޮޅުން ބައިވެރިވި ދިއްދޫ އަދި އިހަވަންދޫގެ މެދުގައި ދެ މެޗު ކުޅެން ވަނީ ހަމަޖެހިފައެވެ. މިތަނުން ފުރަތަމަ މެޗު އިއްޔެ ކުޅެފައިވާއިރު، މި މެޗު 1-3 ގެ ތަފާތަކުން ދިއްދޫ ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ކުޅުނީ އިހަވަންދޫގައެވެ.
މި ދެ ޓީމު ދިއްދޫގައި ކުޅޭ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ށ.އަތޮޅުން ޓީމެއް ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!