Skip to main content
Topic Archive

#Haa Alif Dhidhdhoo

775 Stories filed
ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް
Thiladhunmathi News

ފުރާވަރުގެ ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކަށް އަހުލުވެރިކުރުވަން ދިއްދޫގައި ޕްރޮގްރާމެއް

ފުރާވަރުގެ އުމުރުގެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން، ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވޯކްޝޮޕަކީ ވައިބް ޖަމްޢިއްޔާ އަދި ރާއްޖެ ކުރިމަގު އެންޖީއޯ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވެސް ބައިވެރިވާ ކަމަށް މަޢުލޫމާތު ލިބެއެވެ....

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް
Thiladhunmathi News

ދިއްދޫ ކަނބަލުންނަށް ހިލޭ މޭކަޕް ކޯހެއް، ޖާގަ ލިބެނީ އެންމެ އަވަހަށް ފޯމު ހުށަހަޅާ 15 މީހުންނަށް

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށުގައި ހިންގުމަށް ނިންމާފައިވާ މޭކަޕް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ދިއްދޫގައި ދިރިއުޅެމުންދާ 18 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން، އެ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމުކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ. އެ ކޮމިޓީން ބުނެފައިވާ ގޮތުގައި، މި މޭކަޕް ކޯސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހ...

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް މިރޭ ދިއްދޫގައި، އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތެއް!
Thiladhunmathi News

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަނެއް މިރޭ ދިއްދޫގައި، އަގުހުރި އިނާމުތަކެއް ލިބޭ ގުރުއަތެއް!

ހއ. ދިއްދޫގައި އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ސެޝަނަކީ ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ދިއްދޫ ކައުންސިލްގެ އިތުރުން އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޝަނުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ އަންހެނުންނަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ރަށުގެ 18 އަހ...

މޮޅަށް ކުޅުނު ދިއްދޫ އަށް މިއަދުވެސް ނަސީބު އެހީއެއް ނުވި
Thiladhunmathi News

މޮޅަށް ކުޅުނު ދިއްދޫ އަށް މިއަދުވެސް ނަސީބު އެހީއެއް ނުވި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކުން މިއަދު ބަލިވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ އަށް ކާމިޔާބު ކުރެވުނީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. މީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމުނީ ބަދުނަސީބުގޮތަކަށް އެއްވަރުވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 […]

ދިއްދޫ ރަށުގައި ކުޅޭ ތިން ވަނަ މެޗު މިއަދު
Thiladhunmathi News

ދިއްދޫ ރަށުގައި ކުޅޭ ތިން ވަނަ މެޗު މިއަދު

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅޭ ތިންވަނަ މެޗުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ. ދިއްދޫ ވަނީ ރަށުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެ ދެމެޗު ވެސް ވަނީ ބަދުނަސީބު ގޮތަކަށް ދިއްދޫ ކުރީގައި އޮވެ ނިމެންދަނިކޮށް އެއްވަރުވެފައެވެ. މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު […]

ދިއްދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގެ ބީލަމަށް އިތުރު މުއްދަތެއް ދީފި
Thiladhunmathi News

ދިއްދޫ ކައުންސިލުން ލޭންޑް ޔޫސް ޕްލޭންގެ ބީލަމަށް އިތުރު މުއްދަތެއް ދީފި

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ހުޅުވާލި ބީލަމުގެ މުއްދަތު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން އިތުރުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ބަދަލު ގެނައީ، ބީލަން އިވެލުއޭޓު ކުރުމަށް ބޭނުންކުރާނެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން ކަމަށެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް [...

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި
Raajje

ދިއްދޫ، ކުޅުދުއްފުށި، ކޮމަންޑޫ ހިމެނޭހެން 11 ރަށެއްގައި އައިސްޕްލާންޓު އަޅަން ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމ...

އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު
Thiladhunmathi News

އީގަލްސް އަށް ދިއްދޫ އާއި އެއްވަރު ކުރެވުނީ ފަހު ވަގުތު

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކްލަބް އީގަލްސް އާއި ދިއްދޫ ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު ވަގުތު އީގަލްސް އިން ޖެހި ލަނޑާއެކު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ. މިއަދު ހަވީރު ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގައި ކުރިހޯދީ ކްލަބް އީގަލްސް އިންނެވެ. އެ ޓީމުން މި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. […]

ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ
Thiladhunmathi News

ކްލަބުތަކުގެ އިއްތިފާގުން ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ކަށަވަރުވެއްޖެ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކުލަބާއި، ގދ. ގައްދޫގެ ގައްދޫ ރެކްރިއޭޝަން ކުލަބަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދީފިއެވެ. މި ދެ ކުލަބަށް އެފްއޭއެމްގެ މެމްބަރުކަން ރަސްމީކޮށް ދީފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. އެފްއޭއެމްގެ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުން ދިއްދޫ އަދި ގައ...

''ލަތީފްގެ ކޯލްތަކުން ލޮލުފިޔަ ނުޖެހޭ''، ލިބުނީ ދިއްދޫ ފުޓްބޯޅަ ހަބަކަށް ހެދުމުގެ ޔަގީންކަން
Report

''ލަތީފްގެ ކޯލްތަކުން ލޮލުފިޔަ ނުޖެހޭ''، ލިބުނީ ދިއްދޫ ފުޓްބޯޅަ ހަބަކަށް ހެދުމުގެ ޔަގީންކަން

ހއ. ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ހެދުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ޓީމުތައް ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްގީކުރުމުގެ ޔަގީންކަން ކުޅިވަރާ ބެހޭ އިސް ވެރިން އެ ރަށުގެ ރައްޔިތުންނަށް ދެއްވީ ދިވެހި ޕްރިމިއަ ލީގުގައި ދިއްދޫ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު ޝަރަފުވެރިކޮށްދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ދިއްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެފްއޭއެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގ...

މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ
Thiladhunmathi News

މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބަށާއި، ގދ. ގައްދޫގެ، ގައްދޫ ރެކްރިއޭޝަން ކްލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދޭން ނިންމައިފިއެވެ. މި ނިންމުމާއެކު އެ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމުގައި ބަސްބުނުމުގެ އިތުރުން ވޯޓު ލުމުގެ ފުރުސަތު ވެސް އެ ދެ ކްލަބަށް ލިބިގެންދާނެއެވެ. ރަސްމީ ސިފައެއްގައި ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަނަކީ އެފްއޭއެމްގެ މެމްބަރު ކްލަބުތ...

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް
Thiladhunmathi News

ދިއްދޫގެ 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލަން ބީލަމަށް

ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް  ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު...

ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި
Thiladhunmathi News

ތާރީޚީ މެޗަށްފަހު ނިއު، ދިއްދޫ އިން ފުރީ ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވެފައި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗަށްފަހު އެރަށުގައި ބޭއްވި ރުއް އިންދުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ރޭ ދިއްދޫ އިން ފުރައިފިއެވެ. 10 އޮކްޓޯބަރުގައި ދިއްދޫ ދަނޑުގައި ނިއު އާއި ދިއްދޫގެ ކުރިމަތިލުމަކީ އުތުރުގެ ރަށެއްގައި މިފެންވަރުގެ މެޗެއް ކުޅެވުނު ތާރީޚީ ކުރިމަތިލުމެކެވެ. އެ މެޗުގައި ދިއްދޫ އިން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި 10 މިނިޓް ހަމަވަންދެން ވެސް 2-1 އިން ނިއުގެ މަށްޗަށް […]

ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ދިއްދޫ ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ވޮލީބޯޅަ ކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިއްދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، ތާރީޚަށް ބަލާއިރު ދިއްދޫއަކީ ފާހަގަކޮށްލެވޭ ފަދަ މޮޅެތި ވޮލީ ކ...

ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި
Thiladhunmathi News

ނިއު ރޭޑިއަންޓް ހިފަހައްޓައި، ދިއްދޫން ތާރީޚީ ޕޮއިންޓެއް ހޯދައިފި

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގައި ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ސަޕޯޓަރުން އެންމެ ގިނަ އެއް ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއްވަރުކޮށް، ދިއްދޫ ސްޕޯޓްސް ކްލަބުން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ވަރުގަދަ އެއް ކްލަބާ ދެކޮޅަށް ކުޅެ ދިއްދޫން މި ހޯދި ނަތީޖާއާއެކު އެ ޓީމު ވަނީ ތާރީޚުން އައު ޖާގައެއް ކަށަވަރުކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިއްދޫން ފެށުން ވަރުގަދަކުރި މި […]