Skip to main content
Topic Archive

#Haa Alif Ihavandhoo

516 Stories filed
ޝަހީރާ އާއި ރަޟިއްޔާގެ ވިދުމާއެކު އުފެއްދުންތެރިކަމުގެ މައުރަޒުގައި އިހަވަންދޫ އަށް ބޮޑު ކާމިޔާބީއެއް
Thiladhunmathi News

ޝަހީރާ އާއި ރަޟިއްޔާގެ ވިދުމާއެކު އުފެއްދުންތެރިކަމުގެ މައުރަޒުގައި އިހަވަންދޫ އަށް ބޮޑު ކާމިޔާބީއެއް

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ހއ. އިހަވަންދޫ ކައުންސިލާއި އެ ރަށުގެ ފަންނުވެރިންނާއި އުފެއްދުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފިއެވެ. މި މައުރަޒުގައި އިހަވަންދޫ ތަމްސީލުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ. މި މައުރަޒުގައި ރަށު ކައުންސިލްތަކުގެ ދާއިރާއިން ވާދަކޮށް، ހއ. އިހަވަންދޫ ކައުންސިލުން ވަނީ 3 ވަނަ ކާމިޔާބުކޮށްފައެވެ. މިއީ ރަށު ފެންވަރުގައި ތައްޔާރުވެ، މައުރަޒުގައި ބައިވ...

ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި
Raajje

ރާއްޖޭގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ އިވެލުއޭޝަން މަރުހަލާ ނިންމާލައިފި

އަންނަ އަހަރު ރާއްޖޭގެ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށާއި، މި މިސްކިތްތައް ބަލައި އިވެލުއޭޓް ކުރުމަށް ކުރިއަށްގެންދިޔަ މަރުހަލާ މިހާރު ނިންމާލާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން “އަހާ” ފޯރަމުގެ ނުވަވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ މިސްކިތެއް ހިމެނުމަށް މަސައްކަތްކުރަ...

އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި
Thiladhunmathi News

އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދާފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ އާއި އިހަވަންދޫގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. އަނެއް ލަނޑަކީ އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ވަތް ބައި ގޯލެކެވެ. އިހަވަންދޫގެ ލަނޑު ޖަހައިދިނީ އަހްމަދު […]

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް
Thiladhunmathi News

ކަނޑިތީމާއި އެއްވަރުވެ އިހަވަންދޫ ފައިނަލަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފައިނަލްގެ ދެވަަނަ ޖާގަ ހއ. އަތޮޅު ޗެމްޕިއަން އިހަވަންދޫއަށް ކަށަވަރުވެއްޖެއެވެ. މިއަދު ހަވީރު ނައިވާދޫގައި ކުޅުނުމެޗަށް ކަނޑިތީމާއި އިހަވަންދޫ ނުކުތްއިރު ދެ ޓީމަށް ވެސް ފައިނަލްގެ ދޮރު ހުރީ ހުޅުވިފައެވެ. އިހަވަންދޫ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތްއިރު ކަނޑިތީމަށް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ މެޗަށް ނުކުތްއިރު އިހަވަންދޫ ހަ […]

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް
Thiladhunmathi News

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […]

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު
Thiladhunmathi News

ހަނިމާދޫ ބަލިކޮށް އިހަވަންދޫ އިން ފެށުން ރަނގަޅުކޮށްފި، ކަނޑިތީމާއި ފިއްލަދޫ އެއްވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ އަންގާރަ ދުވަހުގެ މެޗުތަކުގައި ހަނިމާދޫ އަތުން އިހަވަންދޫ މޮޅުވިއިރު، ކަނޑިތީމާއި ފިއްލަދޫގެ މެޗު އެއްވަރުވެއްޖެއެވެ. އަންގާރަ ދުވަހު ފުރަތަމަ މެޗުގައި ހަނިމާދޫ އާއި އިހަވަންދޫގެ ކުރިމަތިލުމުގައި އިހަވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ. މި މެޗުގައި ހަނިމާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު ތިލްހާމްއެވެ. އިހަވަންދޫ އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް ހާމިދު އަދި އަހްމަދު ޒައިން ހުސައިންއ...

ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ތަކަންދޫއިން އިހަވަންދޫއަށް 2 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ތަކަންދޫއިން އެ އަތޮޅު އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ތަކަންދޫ ބަނދަރު ސަރަހައްދުންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. އިހަވަންދޫ، ބިޖިލީގެ، އަޙްމަދު ޝައްމާޚް (26އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ އިހަވަންދޫ ޕޮލިހާއި، ތަކަންދޫ ޕޮލިސްގެ އިތުރުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގ...

ދެކެން ބޭނުންނުވާ ދުވަހެއް، އެކަމަކު ހަގީގަތެއް، އިހަވަންދޫ މަސްވެރިކަމުގެ ކޮންޓްރޯލް ބިދޭސީންގެ އަތްދަށަށް
Thiladhunmathi News

ދެކެން ބޭނުންނުވާ ދުވަހެއް، އެކަމަކު ހަގީގަތެއް، އިހަވަންދޫ މަސްވެރިކަމުގެ ކޮންޓްރޯލް ބިދޭސީންގެ އަތްދަށަށް

އިހަވަންދޫ ގައި ދުއްވާ މަސްދޯނިފަހަރުގެ ފުރިހަމަ ކޮންޓްރޯލް ބިދޭސީންގެ އަތް ދަށަށް ގޮސްފައިވާކަމަށް “މަސްވެރި އިހަވަންދޫ” އިން ބުނެފިއެވެ. “މަސްވެރި އިހަވަންދޫ”އިން ވަނީ މި އޮގަސްޓްމަހު މަސްދޯނިތަކާއި ގުޅޭ ސާވޭއެއް ހަދާފައެވެ. މި ސާވޭއިން ދައްކާ ގޮތުގައި މިހާރު އިހަވަންދޫގައި ދުއްވާ 14 މަސްދޯނީގެ ތެރެއިން، މިވަގުތު މަހަށް ފުރާ 11 ދޯނީގައި ތިބި ދިވެހިންގެ އަދަދަކީ 80 އެވެ. ބިދޭސީންގެ އަދަދަކީ 96އެވެ. އިހަވަންދޫގެ 3 މަސްދޯނި އޮތީ އެކިއެކި ސަބަބުތަކާހުރެ މަހަށް ފުރޭގޮތް ނުވެފައެވެ. […]

ބޮޑު އިނާމަކާއެކު އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ހއ.އަތޮޅަށް
Thiladhunmathi News

ބޮޑު އިނާމަކާއެކު އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ހއ.އަތޮޅަށް

ހއ.އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށް، މުޅި ހއ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2026″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މުބާރާތަކީ ހއ. އަތޮޅުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމާއި، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން ބިނާކުރުމާއި، ރަށު ފެންވަރުގައި ތިބި ހުނަރުވެރި ވޮލީ ކުޅުންތެރިން ފާހަގަކޮށް، އެ ފަރާތްތަކަށް ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަގުޞަދުގައި ބާއްވާ މުބ...

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް
Thiladhunmathi News

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ. ހއ. އަތޮޅަކީ ފުޓްސަލްގައި ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެއްނަމަވެސް އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަންޏެވެ. އެހެންވެ އެއަތޮޅު މުބާރާތުގައި ކުޅުނީ އެންމެ މެޗެކެވެ. ހއ.އަތޮޅުން މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ލިބުނީ...

އިހަވަންދޫ ސްކޫލް ދަރިވަރަކު ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1ވަނަ ހޯދައިފި
Thiladhunmathi News

އިހަވަންދޫ ސްކޫލް ދަރިވަރަކު ދިވެހި މާއްދާއިން މުޅި ރާއްޖެއިން 1ވަނަ ހޯދައިފި

ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރަކު، މިދިޔަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދައި، އެ ސްކޫލަށާއި އިހަވަންދޫ އަށް ބޮޑު ފަޚުރެއް ހޯދައިދީފިއެވެ. މި މަތީ ކާމިޔާބީ ހޯދާފައިވަނީ އިހަވަންދޫ، އަރާވިލާ، އަޙްމަދު ނަބާޙް އެވެ. ނަބާޙް ހޯދި މި ކާމިޔާބީއާ ގުޅިގެން އިހަވަންދޫ ސްކޫލުން ވަނީ އެ ދަރިވަރަށް މަރުޙަބާ ކިޔައި، އެއީ ސްކޫލަށް ލިބުނު ނުހަނު ރީތި ނަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިހަވަންދޫ ސްކޫލުން ބުނި ގޮތުގައި، […]

ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ޚާއްޞަކޮށް ލިޔުންތެރިކަމާއި ކިޔަވައިދެއްވުމުގެ ރޮނގުން ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށްވާ ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ، ޤައުމީ ޔުނިވާސިޓީ އިން ހައްދަވަމުން ގެންދަވާ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ވަނީ ފަތުހުﷲ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން މަރުޙަބާ ކިޔާފައެވެ. އަދި ފަތުހުﷲގެ މި ދަތުރަށް ކާމިޔާބީ އަށް އެދޭކ...

އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން
Thiladhunmathi News

އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން

މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ “ބަދަހި ޢީދު” ހަރަކާތުގެ ތެރެއިން، އެ ރަށުގެ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަކީ ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާ...

މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް
Thiladhunmathi News

މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް

އޭނާގެ މަސައްކަތް އަބަދުވެސް ކުރަށްވަމުން ގެންދެވީ ޕީއެންސީގެ ފިކުރުގައި ކަމަށާއި، އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރެއްވީ، ޕީއެންސީ އަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް އިއްޔެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސޮބާހް ވިދާޅުވީ، ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެ ޕާޓީއާ...

ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު
Thiladhunmathi News

ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު

ވެރިކަންކުރާ ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުންކަމަށްވާ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު ވިދާޅުވެއްޖެއެވެ. މި ދެބޭފުޅުން މިފަދައިން ވިދާޅުވީ، ޕީއެންސީ އަށް ސޮއިކުރެއްވުމަށްފަހު...