ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ.

އެމްއެންޑީއެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 3 ވަނަ މީހާގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށެވެ.

Ad
rt

''ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައި'' އެމްއެންޑީއެފުން ބުންޏެވެ.

16 އޮކްޓޯބަރު ގައި ހިނގި މި ހާދިސާއާއި ގުޅިގެން އެ ދުވަހު ފަތިހު މެރިން ޕޮލިސްއިން މައުލޫމާތުދިން ގޮތުގައި، ލޭންޑިން ކްރާފްޓް ބަނޑުން ޖަހާލާފައިވަނީ އައިލަފުށި ރިސޯޓާ އެއް މޭލު ދުރުން ދަތުރުކުރަމުންދަނިކޮށް އެރޭ ފަތިހު 3:48 ގައެވެ. މި ހާދިސާގައި އުޅަނދުގައި ތިބި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަނެއް 3 މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ފުރަތަމަ މީހާގެ ހަށިގަނޑު ފެނުނީ އެދުވަހު 8:04 ހާއިރު ކަނޑު އަޑިންނެވެ. ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އަހްމަދު ސިފާން (38އ)، ސަރުސޫނުގެ/ގއ.ދާންދޫ އެވެ.

ލޭންޑިން ކްރާފްޓް ހާދިސާ: ހޯދަމުން ދިޔަ އިތުރު މީހަކު ކަނޑު އަޑިން ފެނިއްޖެ

ދެވަނަ މީހާ ވަނީ އެދުވަހު 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ފެނިފައެވެ. އެމީހާ ވެސް ފެނުނީ ނިޔާވެފައި އޮއްވައެވެ. ފުލުހުން ބުނިގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ.

މިއަދު ފެނިފައިވަނީ ސްރީ ލަންކާ މީހެކެވެ.

ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެކެވެ.