ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލުނު ހާދިސާގައި ގެއްލުނު މީހުން ހޯދަމުން އަންނަނިކޮށް ދެވަނަ މީހާ ކަނޑު އަޑިން ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ދެވަނަ މީހާ ވަނީ 15:45 ހާއިރު ކަނޑު އަޑިން ސިފައިންގެ ޑައިވަރުން ނަށް ފެނިފައެވެ.
އެމީހާ ވެސް ފެނުނީ ނިޔާވެފައި އޮއްވައެވެ. ފުލުހުން ބުނިގޮތުގައި އެއީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ.
މި ހާދިސާގައި ގެއްލުނު އެކަކު އަދިވެސް ނުފެންނައިރު، އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. އެއީ ސްރީލަންކާ އަށް ނިސްބަތްވާ މީހެކެވެ.
މި ހާދިސާއާއި ގެއްލުނު އެކަކު ހެނދުނު ވަނީ ފެނިފައެވެ. އޭނާ ފެނުނީ ނިޔާވެފައި އޮއްވައެވެ. އެއީ އަހްމަދު ސިފާން (38އ)، ސަރުސޫނުގެ/ގއ.ދާންދޫ އެވެ.
ލޭންޑިން ކްރާފްޓް ހާދިސާ: ގެއްލުނު އެކަކު ހަށިގަނޑު ކަނޑު އަޑިން ނަގައިފި
ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!