ކުޅުދުއްފުށީގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސަލާމަތްކޮށްފި
ހދ. ކުޅުދުއްފުށީ ސިޓީގެ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗަކަށް ދިޔަވެ އަޑިއަށް ދިޔަނުދީ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ވަނީ އެ އުޅަނދަށް އަވަސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާން ފެށިކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ...