Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ފޯޅަވަހި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް
Raajje

ފޯޅަވަހި މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރަން ރިޔާސީ ކޮމިޝަނެއް

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޚާއްޞަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި ކޮމިޝަނުގެ ނަމަކީ “އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން ޢަމަ...

އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ޕީއެންސީގެ ލީޑާޝިޕަށް ރައީސްގެ ތައުރީފު
Thiladhunmathi News

އެލްޖީއޭގެ ބޯޑު އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށާއި ޕީއެންސީގެ ލީޑާޝިޕަށް ރައީސްގެ ތައުރީފު

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި ދެ އިންތިޚާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި
Raajje

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، ތުރުކީވިލާތުގެ ރައީސް އުރްދުޣާނަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި މުނާސަބަތަކީ ތުރުކީވިލާތު

ސްޕެއިންގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖެއް
Raajje

ސްޕެއިންގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖެއް

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައ

''އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅު ރައީސަކު ނެތް، އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރަން ކެރުނު ވެރިއަކު ވެސް ކުރިންނެތް''
Raajje

''އަޅުގަނޑަށްވުރެ ބޮޑަށް ޒަޔަނިޒަމާ ދެކޮޅު ރައީސަކު ނެތް، އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރަން ކެރުނު ވެރިއަކު ވެސް ކުރިންނެތް''

ޒަޔަނިޒަމާ އެމަނިކުފާނު ދެކޮޅު ކަމަށާއި އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ދިވެހިރާއްޖޭގައި ތިބުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ އިސްރާއީލުގެ ރައްޔިތުންނަށްވެސް ރާއްޖޭގައި ތިބެވޭނެ މަގު ފަހިކުރާ މަޝްރޫޢެއްގެ ގޮތުގައި ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުންނެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދޭ ސިލްސިލާ ޕްރޮގްރާމް “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަ

އަންނަ އަހަރުގެ ބަޖެޓުގެ އިސްކަން ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް
Raajje

އަންނަ އަހަރުގެ ބަޖެޓުގެ އިސްކަން ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް

ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާއި ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއް އެއް ވިއުގައަކުން ގުޅާލަނީ
Raajje

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއް އެއް ވިއުގައަކުން ގުޅާލަނީ

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން “މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް” އުވާލައި، “މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް” އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ބަދަލުގެ ސަބަބުން ޚިދުމަތް ދިނުން އަވަސްވެ، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ސިލްސިލާ

ބޮލުގައި ދަރަންޏެއް ނާޅުވައި ހިންގާ ރަސްމާލެ މަޝްރޫޢުން ފެންނާނީ ބޯހިޔާވަހިކަމުގެ ތާރީޚީ އިންގިލާބެއް: ރައީސް
Raajje

ބޮލުގައި ދަރަންޏެއް ނާޅުވައި ހިންގާ ރަސްމާލެ މަޝްރޫޢުން ފެންނާނީ ބޯހިޔާވަހިކަމުގެ ތާރީޚީ އިންގިލާބެއް: ރައީސް

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ރާއްޖޭގައި ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ތާރީޚު ދެކެފައި ނުވާ މިންވަރަށް ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ މުއްދަތެއް ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓް ސިލްސިލާގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި
Raajje

ޗައިނާ-މޯލްޑިވްސް އެފްޓީއޭގެ ދަށުން 124 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފި

ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން މިހާތަނަށް 124 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާ ގުޅުވައިގެން މިއަދު ހެނދުނު ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ޒިންމާދާރު ވުނަކުރުންތަކަށް މަރުޙަބާ ކިޔަން ތައްޔާރ...

ލޫލާގެ ކާމިޔާބީން ހާމަވަނީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރު: ރައީސް މުޢިއްޒު
Raajje

ލޫލާގެ ކާމިޔާބީން ހާމަވަނީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރު: ރައީސް މުޢިއްޒު

ފެޑެރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް، ދިވެހިރާއްޖޭގ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ، މި އިންތިޚާބުގައި ރައީސް ލޫލާއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. ދިވެހި ސަރުކާރާއި ރައްޔިތުން...

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ގައި ސެންޓްރަލް ޕާކުގައި ބާއްވަނީ
Raajje

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެމްބަރު 19 ގައި ސެންޓްރަލް ޕާކުގައި ބާއްވަނީ

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖައްސާފައި ވަނީ އެރޭ 8:30 ގައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން […]

ދިވެހި ފަންނުވެރިންގެ ކުޅަދާނަކަން އެއް ފުރާޅެއްގެ ދަށުން، އުފެއްދުންތެރިކަމުގެ ބޮޑު މައުރަޒު ހުޅުވައިފި
Business

ދިވެހި ފަންނުވެރިންގެ ކުޅަދާނަކަން އެއް ފުރާޅެއްގެ ދަށުން، އުފެއްދުންތެރިކަމުގެ ބޮޑު މައުރަޒު ހުޅުވައިފި

ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒު އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ދިވެހި ސަގާފަތާ ގުޅުންހުރި އެކި ހަރަކާތްތަކާއެކު އާންމުންނަށް މި މައުރަޒު ހުޅުވާލާފައިވާއިރު، މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ...

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު
Raajje

ފުނަދޫ އަލިފާނުގެ ހާދިސާ: ފުނަދޫ ރައްޔިތުންނާއި މުއައްސަސާތަކުގެ އެއްބާރުލުމަށް ރައީސް މުޢިއްޒުގެ ތައުރީފު

ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ރަށުގެ ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން ދެއްވި އަވަސް އެއްބާރުލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. މި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ...

4،000 އަށް ވުރެ ގިނަ އުފެއްދުމާއެކު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައި، 298 އެވޯޑު ހަވާލުކޮށްފި
Business

4،000 އަށް ވުރެ ގިނަ އުފެއްދުމާއެކު ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒު ނިންމާލައި، 298 އެވޯޑު ހަވާލުކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ނިންމާލައި، އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި އެވޯޑު ދީފިއެވެ. ބާސެލޯ ނަސަންދުރައިގައި ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން އެންމެ މަތީ ޝަރަފު ކަމަށްވާ “ރަން 5 ވަނަ” ހާސިލުކުރި އުފެއްދުންތަކަށް އިނާމު ހ...

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރައީސް މުޢިއްޒު އިޢުލާންކުރެއްވި ބޮޑު 3 ލުއި
Raajje

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރައީސް މުޢިއްޒު އިޢުލާންކުރެއްވި ބޮޑު 3 ލުއި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު ތިން ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާންކުރެއްވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ސަރުކާރުން ދޭން ނިންމި ލުއިތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ދައުލަތުގެ މަސައްކަތެއް ކޮށްދީ ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައް...