އެމްއާރްއައިގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި ގިނަވެގެން 6 މަސްތެރޭ އެ ޚިދުމަތް ގާއިމުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައި ވަނީ މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރެއްވުމަށް، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކުރެއްވުމަށް ނިންމަވާފައިވާ މުހިންމު މަސައްކަތްތަކެއް ޢިއުލާންކުރަށްވާފައެވެ.

މިގޮތުން އެމް.އާރް.އައި ގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި، އެންމެ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ޚިދުމަތް ޤާއިމުކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަމަ އެ މުއްދަތުގެ ތެރޭގައި، ހުރިހާ އަރބަން ސެންޓަރެއްގައި ސީ.ޓީ މެޝިން ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލެއިން ބޭރުގައި ބަހައްޓާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރ، މާދަމާ ގުރައިދޫގައި އިފްތިތާޙުކޮށްދެއްވާނޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.