Skip to main content
Topic Archive

#ސިއްހީ ދާއިރާ

6 Stories filed
އެމްއާރްއައިގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި އެ ޚިދުމަތް ގާއިމުކުރަނީ
Raajje

އެމްއާރްއައިގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި އެ ޚިދުމަތް ގާއިމުކުރަނީ

އެމްއާރްއައިގެ ޚިދުމަތް ނެތް ހުރިހާ ޓަރޝަރީ ހޮސްޕިޓަލެއްގައި ގިނަވެގެން 6 މަސްތެރޭ އެ ޚިދުމަތް ގާއިމުކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ގުރައިދޫ ރައްޔިތުންނާ...

މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި
Raajje

މުލީގައި ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެތެރޭގައެވެ. މި މަޝްރޫޢ...

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި
Raajje

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ކުރަން ޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، ކުރަން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިރޭ ބުނެފިއެވެ. ކުރިއަށް އޮތް ތަނުގައި ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. އާސަންދަ ސްކީމްގެ ދަށުން ރާއްޖެ އިން ބޭރަށް ބަލި މީހުން މިވަގުތު ފޮނުވަމުން […]

އައިވީއެފް އާއި އައިޔޫއައި ފަރުވާ އަށް އާސަންދަ ލިބޭގޮތް ހަދައިފި
Raajje

އައިވީއެފް އާއި އައިޔޫއައި ފަރުވާ އަށް އާސަންދަ ލިބޭގޮތް ހަދައިފި

ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އާއި އައިޔޫ ފަރުވާ އަށް އާސަންދަ ލިބޭގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ. މިކަން ޢިއުލާން ކުރެއްވީ، އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއެކު އިއްޔެ ހަވީރު އޮތް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދަރިމައިވުމާ ގުޅޭ ފަރުވާތައް ކަމަށްވާ އައިވީއެފް އަދި އައިޔޫއައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިން...

''ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން''
Raajje

''ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތައް ގެންނާނަން''

ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަށް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑު ފުރިހަމަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އ...

''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''
Raajje

''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ''

ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މި ބަދަލާއެކު ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ޢިއުލާންކޮށް ދެއްވާފައެވެ. އޭގެފަހުން ސަރުކާރުން ވަނީ އެ ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މި...