ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ.
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ.
މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ.
ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި ސެންޓަރާއި ގުޅޭގޮތުން ވިދާޅުވީ، މި އަހަރު ކުރިޔަށް ގެންދަން ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުމުގެ މަޝްރޫޢުގެ ހިމެނޭނެކަމަށެވެ.
''މިދަތުރުގައި އަޅުގަނޑުމެން ފަށައިދީ، ކުރިޔަށް އޮތް ދުވަސްތަކުގައި، އެ މަޝްރޫޢުގެ ކަންތައްތައް ކުރިޔަށްދާނެ. ހަމަ އޭގެއިތުރަށް، އިތުރު ބައެއް މަޝްރޫޢުތައްވެސް އެބަހުރި ކުރިޔަށް ގެންދަން. މި އަންނަ އަހަރު ތެރޭގައި އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް އޮންނާނެ. އެހެންވީމާ، ކުޅިވަރުގެ މިކަހަލަ ބައެއް މަޝްރޫޢުތައް އެބަހުރި ކުރިޔަށް ގެންދަން.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!