ހދ. ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި ސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ.
މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ.
ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒާއި ގުޅޭގޮތުން ވިދާޅުވީ، ފުލުހުންގެ މަރުކަޒަކީ، ކޮންމެ ރަށެއްގައި ގާއިމުކުރަން ނިންމާފައިވާ މަރުކަޒެއް ކަަމށެވެ. އެހެންކަމުން އެ މަޝްރޫޢަކީ، ވަރަށް ބާރަށް ކުރިޔަށްދާނެ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!