Skip to main content
Topic Archive

#Haa Dhaalu Finey

75 Stories filed
ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް
Thiladhunmathi News

ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026ގެ މަތީ ވަނަތައް އީލާފް، މިޝްކާ އަދި އައިރާ އަށް

ހދ. ފިނޭ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ”ފިނޭ ކައުންސިލް ޤުރްއާން މުބާރާތް 2026” ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މި މުބާރާތުގައި މުޅި މުބާރާތުން 1 ވަނަ ހޯދާފައި ވަނީ އީލާފް ޢަބުދުﷲ ޒިޢުނާދު އެވެ. 2 ވަނަ މަރިޔަމް މިޝްކާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދީ ޢާއިޝަތު އައިރާ ޙަސަން ރަޝީދެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކިޔެވުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި މުބާރާތުހެ ބަލައިގެން ކިޔެވުމުގެ ގޮފިން ކީސް ސްޓޭޖް 1 […]

ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި
Thiladhunmathi News

ތަޖުވީދާއި ރީތި ރާގުތަކަށް އަހުލުވެރިކޮށް، ފިނޭގެ ދަރިވަރުން ޤުރްއާން މުބާރާތަށް ފައްކާކޮށްފި

ހދ. ފިނޭ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޤުރްއާން މުބާރާތް 2026 ގައި ވާދަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން އަލް-މަސާރު އެކެޑެމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ފިނޭ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި މަހުގެ 7 އިން 9 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތުގައި ވާދަކުރާ ދަރިވަރުންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުޅާކުރުމުގެ ބޭނުމުގައެވެ. މި ތަމްރީނުތަކުގެ މައިގަނޑު...

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް
Thiladhunmathi News

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ
News

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު […]

މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް
Thiladhunmathi News

މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ މިއަދު ހަވީރު ފަށައިފިއެވެ. މި މުބާރާތް ފަށާފައި ވަނީ ހދ. ހަނިމާދޫ އާއި ހއ. ކެލާގެ މެޗުންނެވެ. ހަވީރު 16:15 ގައި ފެށި މި މެޗު 3-1 ސެޓުން ކާމިޔާބު ކުރީ ހަނިމާދޫ ޓީމެވެ. މި މުބާރާތުގެ ދެވަނަ މެޗެއް ވެސް ވަނީ މިއަދު ކުޅެފައެވެ. ރޭގަނޑު  20:30 ގައި ފެށި […]

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް
Thiladhunmathi News

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ. 18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން  ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކ...

ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި
Thiladhunmathi News

ފިނޭ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާކޮށްފި

ހދ. ފިނޭ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން، އެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ފިނޭ ކައުންސިލުން ސަރުކާރުގެ ކަމާބެހޭ އިދާރާއާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ތަރައްޤީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ކައުންސިލުން ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން، 06 ޖުލައި 2026 ގައި ފިނޭ ކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް އާއި އެ މިނިސްޓްރީގެ އ...

ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު ފިނޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި، މޯލްޑިވްސް ޓް...

ފިނޭގައި ޑެންގީން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ސާފުކުރުމުގެ ހަރަކާތެއް
Thiladhunmathi News

ފިނޭގައި ޑެންގީން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ސާފުކުރުމުގެ ހަރަކާތެއް

ހދ. ފިނޭގައި ޑެންގީ ހުން ފެތުރެމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރޭގައި މަދިރި އާލާވާ ތަންތަން ބަލައި ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ފިނޭގައި ބަލި ފެތުރުން ހުއްޓުވުމަށް އެ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ފިނޭ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 މެއި 3 އިން ފެށިގެން އެ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ ތެރެއިން […]

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު
Thiladhunmathi News

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮ...

ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ
Thiladhunmathi News

ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި ބޮޑު ތިލަދުންމައްޗަށް މިއަދު ގެންގޮސްފިއެވެ. ހދ. ނައިވާދޫ ހޯދި މި ތަށި ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ފިނެއަށެވެ. ޓީމް ނައިވާދޫގެ އެސިސްޓެންޓް ކޯޗު އަހްމަދު ސިނާން ”ތިލަދުން” އަށް ބުނީ އެތަށި ނައިވާދޫ އަށް ގެންދިޔުން އޮންނާނީ މިއަދު ހަވީރުކަމަށެވެ. ”މިހާރު ދެވަނަ ފްލައިޓުން އައި ކުޅުންތެރިން މިރަށަށް އެ އަންނަނީ، އެ ކުޅުންތެރިންނާއެކު ހަވީރު 16:15 އަށް ތަށި ހިފައިގެން ރަށަށް ދާނަން” […]

ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ
Thiladhunmathi News

ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […]

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ
Raajje

ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ބަޖެޓްގައި ހިމަނަނީ

އަންނަ 2026 އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭ ސްކޫލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ ސްކޫލް ރީ-ލޮކޭޓްކުރުން ކަމަށާއި، މިއީ އަދި ސަރުކާރުން...

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ  އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި […]

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި
Raajje

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ފިނޭގައި ޢިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޢިއްޒުއެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. ފިނޭގައި ފުލުހުންގެ މަރުކަޒު ތަރައްޤީކުރަނީ އެމްޓީސީސީއ...