މިއީ ކަންފަތް ބީރު ލޯކަނު ސަރުކާރެއްގެ ގޮތަށް ދެއްކުމަށް މަސައްކަތްކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ގަރާރަށް ޝުޖާޢު ދެއްކެވި ވާހަކާގައި ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޝަކުވާ މި ވީހާތަނަށް އަޑުއެއްސެވި ރައީސަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުކަމަށާއި، އެކަން ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
''އެއީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވ،ި ބޭއްވެވި ހުރިހާ ބައްދަލުވުންތަކެއްގައި ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެ ޔޫނިއަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، އެ ބައިވެރިވެވަޑައިގަތުމަށްފަހު އިނގޭތޯ މަސްވެރިންގެ، ޚާއްސަކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެދުމުގެ މަތިން ސަރުކާރުން ލޭނު އެޅުމުގެ ސިޔާސަތު ދުރުވީ.'' ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އެއީ ބޮޑުކަންނެލި މަސްވެރިކަމުގައި އުޅޭ މަސްވެރިންގެ ޝަކުވާއެއްގެ ގޮތުގައި އަޑުއްސަވައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުމެއްކަމަށް ޝުޖާޢު ވިދާޅުވިއެވެ.
''އެހެންވީމ،ާ މިއީ ކަންފަތް ބީ،ރު ލޯކަނު ސަރުކާރެއްގެ ގޮތަށް ދެއްކުމަށް ޓަކައި މަސައްކަތްކުރުމަކީ އެއީ ވަރަށް ހިތާމަހުރި ކަމެއް، އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ޖޯކަކަށް ނަހަދަން، މަސްވެރި ސިނާއަތް ޖޯކަކަށް ހެދީ އެމ.ްޑ.ީޕީގެ ވެރިކަމުގައި، މަސްވެރިންނަށް 100 މޭލު ބޭރުގައި ޕްލެޓްފޯމު ހަދައ،ި ބޮޑުކަންނެލި ކިރޭނެ ގޮތުގެ ވަޢުދު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވ،ީ އެމް.ޑ.ީޕީގެ މެނިފެސްޓޯ 2018ގައި'' ޝުޖާއު ވިދާޅުވިއެވެ.
މެމްބަރު ޒިޔާދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެއްގައި ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިން ވައުދެއް ކަމަށްވާ، މިފްކޯ މެދުވެރިކޮށް ބޮޑުކަންނެލި 80-100ރ. އަށް ގަތުމާއި މަސްވެރިންނަށް ހިއްސާ ދިނުމުގެ ވައުދު ފުއްދިފައި ނުވާ ކަމަށް ޒިޔާދު ފާހަގަކުރެއްވި އެވެ.
މިއަދު ވެސް 120 ޓަނަށް ވުރެ ގިނަ ބޮޑުކަންނެލި ނުކިރިފައިވާ ކަމަށާއި، މަސް ނުވިކި ހަލާކުވުމުގެ ބިރުހުރެ މަސްވެރިން ކަންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު މިފަދަ ދަތިތައް ކުރިމަތިވާ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި މަހަށް ޑިމާންޑް ބޮޑު ނަމަވެސް ރަނގަޅު އަގުގައި މަސް ނުވިކޭކަމަށް ޒިޔާދު ޝަކުވާ ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!