ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، އެކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަ ފުޅުގައި ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮތް ބިމަށް އިޝާރާތް ކުރަށްވައި ވިދާޅުވީ، އެތަން ނިންމުމަށް ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެސް ފުރިހަމަކޮށްދޭން މަސައްކަތްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

''ވަށަފަރުގައިވެސް އެއޮތީ ސިޓީ ހޮޓެލް އެޅުމަށް ދިން ތަން. އެތަންވެސް ނިންމުމަށް އަޅުގަނޑުމެން ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެސް ފުރިހަމަކޮށްދޭން މަސައްކަތްކޮށްދޭނެ ވާހަކަ ދަންނަވަން'' ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ވައުދުވެވަޑައިގެންނެވި ގޮތަށް ކެލާ ފަޅު ތެރޭގައި ދެ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރަށްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް!

ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ރަށުގެ އެންމެ ރީތި ސަރަހައްދު ކަމަށްވާ ހުޅަނގުކޮޅުން 300000 (ތިންލައްކަ) އަކަފޫޓުގެ ބިމެއް (ރަށުގެ ތިންބައިކުޅަ އެއްބައި ވަރުގެ ބޮޑު ބިމެއް) ދޫކޮށްފައި ވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިންނެވެ.

ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ވަށަފަރު ކައުންސިލާއި ހއ.ހޯރަފުށި / ސޯސަންމާގެ ޠަލްހަތު ރަޝީދު އާއި ދެމެދު 60 މަސްދުވަހުން (5 އަހަރުން) މަސައްކަތް ނިންމާގޮތަށް އެއްބަސް ވުމުގައި ސޮއި ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ.