އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ ބަންކަރިންގެ ޚިދުމަތް ހޯދުމަށް އަންނަ އުޅަނދުތަކަށް ކުނި އުކާލަ ދިނުމުގެ ޚިދުމަތް ދިނުމަށް ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މި ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ވެމްކޯއާއި އެކު ސޮއިކުރީ އިއްޔެއެވެ.
މި އެއްބަސްވުން ގާއިމުކުރިކަން ހާމަކޮށް އެމްޕީއެލްއިން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ބޯޓުތަކުން ނަގާ ކުނި، މެނޭޖްކުރާނީ ވެމްކޯއިން ކަމަށެވެ.
ބަންކަރިން ޚިދުމަތް ދިނުމަށް މައި އޮފީސް ގޮތުގައި ހއ. އުލިގަމުގައި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވާފައި ވަނީ 18 ސެޕްޓެމްބަރު 2024 ގައެވެ.
މިތަން މެދުވެރިކޮށް 14 ޚިދުމަތެއް ފޯރުކޮށްދޭން އެމްޕީއެލުން ނިންމާފައިވާއިރު، 24 ގަޑިއިރުގެ ކޯލްސެންޓަރެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!