ބާރަށުގެ ކުނި މައްސަލައަށް ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް، ކުނި މެނޭޖުކުރުން ވެމްކޯއަށް
ހއ. ބާރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މުޅި މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ބާރަށުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާންއެވެ. އަދި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ....