Skip to main content
Topic Archive

#މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)

90 Stories filed
އެމްޕީއެލްގެ ތެލުގެ ހިޔާނާތް: ދެ މީހަކު ޖަލަށްލައި, ހަ މިލިއަންގެ ބަދަލެއް ދޭން އަންގައިފި
Raajje

އެމްޕީއެލްގެ ތެލުގެ ހިޔާނާތް: ދެ މީހަކު ޖަލަށްލައި, ހަ މިލިއަންގެ ބަދަލެއް ދޭން އަންގައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ނުލިބޭ ތެޔޮތަކަށް ފައިސާ ދޫކުރި މައްސަލާގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކާއި ބިދޭސީއަކު އަށް އަހަރާއި ނުވަ މަހަށް ޖަލަށްލައި, ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖެނުއަރީ, 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް 783,000 ލީޓަރުގެ ޑީސަލް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި, އެއަށްވާ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ […]

ސެޕްޓެމްބަރު މަހު 1.7 ލައްކައަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކުރި، އެންމެ ގިނައީ ބިހާއި ފިޔާ
Business

ސެޕްޓެމްބަރު މަހު 1.7 ލައްކައަށް ވުރެ ގިނަ ޓަނުގެ މުދާ ކްލިއާކުރި، އެންމެ ގިނައީ ބިހާއި ފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިމިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޕީއެލުން ހާމަކުރި ގޮތުގައި މި މުއްދަތުގައި ކްލިއާކުރި މުދަލުގެ ތެރޭގައި އެންމެ ގިނައީ ބިހާއި ފިޔާއެވެ. އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ކްލިއާކުރި ކާބޯތަކެތީގެ ތެރޭގައި 77،595 ކޭސް ބިހާއި 41،122 ބަސްތާ ފިޔާ ހިމެނެއެވެ. މީގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން 39،582 […]

14 ދުވަހުގެ މަސައްކަތް 2 ދުވަހަށް؛ ތިލަފުށީ ޕޯޓާއެކު މުދާ ކްލިއަރކުރުމަށް އިންގިލާބީ ބަދަލެއް
Raajje

14 ދުވަހުގެ މަސައްކަތް 2 ދުވަހަށް؛ ތިލަފުށީ ޕޯޓާއެކު މުދާ ކްލިއަރކުރުމަށް އިންގިލާބީ ބަދަލެއް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ....

އުލިގަމު ޔޮޓް މެރީނާ ހަދަން އެމްޕީއެލްއަށް ބިން ހަމަޖައްސައިފި، އަމަލީ މަސައްކަތް މި މަހު ފަށަނީ
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ހަދަން އެމްޕީއެލްއަށް ބިން ހަމަޖައްސައިފި، އަމަލީ މަސައްކަތް މި މަހު ފަށަނީ

ހއ. އުލިގަމަށް ޒިޔާރަތްކުރާ ބޭރުގެ ޔޮޓުތަކަށް ހިދުމަތް ދިނުމަށްޓަކައި އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ. ޒަމާނީ ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން އ...

''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ''
Raajje

''ތިލަފުށީގައި ގާއިމުކުރާ ޕޯޓުގެ މައިބަދައަކީ ޑިޖިޓަލައިޒް ނިޒާމެއް، އަންނަ ނޮވެމްބަރުގައި އޮޕަރޭޝަނަށް ގެނެވޭނެ''

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުހެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި ގާއިމުކުރާ އާ ވިޔަފާރި ބަނދަރު ތަރައްގީކޮށް، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަނދަރު ތަރައްގީ ކުރަށްވާނީ ޖާގަ ބޮޑު، ވަސ...

ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ (27 ޖޫން 2026) ގެ 23:10 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި ބާޖު އަޅ...

ލައްމާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް
Business

ލައްމާން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަނުކުރި މުޙައްމަދު ލަމްޢާން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމަށް ހަމަޖައްސައިފިއެވެ. ލަމްއާން އެ މަގާމަށް ޢައްނުކުރިކަން ހާމަކޮށް އެމްޕީއެލް އިން ވަނީ މިއަދު އޭނާ އަށް މަރުޙަބާ ކިޔާފައެވެ. އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމާއި އަދި ސްޓޭ...

ޒިޔަތު ވަކިކޮށް ލަމްއާން އެމްޕީއެލްގެ އެގްޒެކްޓިވް މެންބަރުކަމަށް
Business

ޒިޔަތު ވަކިކޮށް ލަމްއާން އެމްޕީއެލްގެ އެގްޒެކްޓިވް މެންބަރުކަމަށް

‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ޒިޔަތު އެ މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، 01 މެއި 2026 އިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ. ލައްމާން ކުރިން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެއެވެ.

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު
Business

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ. އެމްޕީއެލްގެ އައު ވެރިއަކަށް ހަމަޖެއްސި ޝަފީޤަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކު...

ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި
Business

ރިޝްވާން އެމްޕީއެލްގެ އެމްޑީކަމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން މިރޭ އެ މަގާމުން ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން ވަކިކުރީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ކަމަށެވެ. ރިޝްވާން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ 6 އެޕްރީލް 2026 ގައެވެ. އެމްޕީއެލްގެ...

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު
Raajje

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އިބްރާހިމް ޒިޔަތު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމަށް އިބްރާހިމް ޒިޔަތު އައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށް އެމްޕީއެލް އިން އިއްޔެ ވަނީ ޒިޔަތަށް މަރުޙަބާ ކިޔާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޒިޔަތު އެ މަޤާމަށް އައްޔަންކުރީ، 16 މާރިޗު 2026 ގައެވެ. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނައި މި ބަދަލާއެކު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޒިޔަތަށް ވަނީ ހޫނު […]

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފި

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެކެވެ. މިއީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓް ފަހަރަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝް...

މާލޭ ނޯތު ހާބަރު ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
News

މާލޭ ނޯތު ހާބަރު ފީތައް ބޮޑުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މާލޭ ނޯތު ހާބަރު ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީ ބޮޑުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލް އި...

އުލިގަމު ޔޮޓް މެރީނާ ފަރުމާކޮށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ފަރުމާކޮށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް

ރާއްޖޭގެ ފަތުރުވެރިކަމާއި ކަނޑުދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ސިޔާސަތުގެ ދަށުން، ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ އުލިގަންގެ އެންމެ އުތުރު ސަރަހައްދުގައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މަޝްރޫޢެކެވެ. މީގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ބައިނަލްއަޤުވާމީ...

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބަދަލުކުރި އުޅަނދުތައް އަލުން 'އޭ ޒޯން' އަށް
Business

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބަދަލުކުރި އުޅަނދުތައް އަލުން 'އޭ ޒޯން' އަށް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރި އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ އަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ބުނެފިއެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތަށް ނޯތު ހާބަރު ބަންދުކުރީ މީގެ ދެ މަސް ކުރިންނެވެ. އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގ...