Skip to main content
Topic Archive

#ހުކުރު ހުތުބާ

124 Stories filed
''ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑު ފާފައެއް، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ''
Report

''ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ބޮޑު ފާފައެއް، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ''

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ގާތްތިމާގެކަމުގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ބުނެފިއެވެ. “ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން” މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި ވަނީ ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގަ

މުސްލިމުންގެ ޢިއްޒަތް ގުޅިފައިވަނީ އިސްލާމްދީނާ، އެހެން ގޮތަކުން ޢިއްޒަތެއް ނުލިބޭނެ: ޚުޠުބާ
Column

މުސްލިމުންގެ ޢިއްޒަތް ގުޅިފައިވަނީ އިސްލާމްދީނާ، އެހެން ގޮތަކުން ޢިއްޒަތެއް ނުލިބޭނެ: ޚުޠުބާ

މުސްލިމުންނަށް ޝަރަފާއި މަތިވެރިކަން ލިބި، ޢިއްޒަތްތެރި ބަޔަކަށް ވެފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، މި ދީން ނޫން އެހެން ގޮތަކުން ޢިއްޒަތެއް ހޯދަން މަސައްކަތްކޮށްފި ނަމަ ނިކަމެތިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގެ މައްޗަށެވެ. ޚުޠުބާގައި ބުނީ އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި...

އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ވެސް ބޮޑު: ޚުޠުބާ
Column

އަބުރު ކަތިލުމުން ލިބޭ ގެއްލުން ޖިސްމާނީ އަނިޔާއަށް ވުރެ ވެސް ބޮޑު: ޚުޠުބާ

މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑު އަނިޔާއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ނަމަވެސް، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައި ވަނީ “މުސްލިމުންގެ އަބުރާއި ޢިއްޒަތް” މި މައުޟޫޢުގެ މައްޗަށެވެ. މި މައުޟޫއަށް ގެންދިން ޚުޠުބާގައި ބުނީ އަބުރު ގެއްލުވައިލުމުން މީހަކު ދުނިޔޭގައި އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ […]

''އަތްމަތީގައިވާ މުދަލަކީ ވަގުތީ އަމާނާތެއް، އެއާ މެދު ޤިޔާމަތް ދުވަހު ސުވާލުވެވޭނެ''
Column

''އަތްމަތީގައިވާ މުދަލަކީ ވަގުތީ އަމާނާތެއް، އެއާ މެދު ޤިޔާމަތް ދުވަހު ސުވާލުވެވޭނެ''

މީސްތަކުންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން ޤިޔާމަތް ދުވަހު އެ އަމާނާތަކާ މެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. “މުދަލަކީ މާތް ﷲގެ ޙައްޤެކެވެ” މި މަޢުޟޫޢަށް އިއްވި ޚުޠުބާގައި ވަނީ، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވި އެއްޗެއް ނޫން ކަމަށާއި، އެއީ އިންސާނާއަށް ކުރިމަތިކުރައްވާފައިވާ އިމްތިޙާނެއް ކަމަށް ހަނދާ...

''ނަފްސާނީ ބުރަތަކުން އަރައިގަނެ ހިތުގެ ފިނިކަން ހޯދުމަށް އޮތް އެންމެ ކުރު މަގަކީ ޛިކުރުކުރުން''
Column

''ނަފްސާނީ ބުރަތަކުން އަރައިގަނެ ހިތުގެ ފިނިކަން ހޯދުމަށް އޮތް އެންމެ ކުރު މަގަކީ ޛިކުރުކުރުން''

ދިރިއުޅުމުގެ ދަތިތަކާއި ނަފްސާނީ އެކި ގޮންޖެހުންތަކާއި ހާސްކަމުން އަރައިގަނެ، ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “ގިނަގިނައިން ﷲ ހަނދުމަކުރުން” މި މައުޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މިއަދު މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތ...

''ކާމިޔާބީގެ ދަތުރު ފެށެނީ އެތެރެފުށް އިޞްލާޙުކޮށްގެން''
Raajje

''ކާމިޔާބީގެ ދަތުރު ފެށެނީ އެތެރެފުށް އިޞްލާޙުކޮށްގެން''

އިންސާނާގެ ކާމިޔާބީގެ ދަތުރު ފެށެނީ އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްގެން ކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ ޞައްޙަ ޢަޤީދާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ “އިސްލާމީ ޢަޤީދާގެ މުހިންމުކަން” މި މައުޟޫއަށެވެ. ޚުޠުބާގައި ބުނި ގޮތުގައި، މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި ޞައްޙަ ޢަޤީދާއަކީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއ...

''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''
Raajje

''މާލީ މުޢާމަލާތްތަކުގައި ޢަދުލުވެރިވެ، ދަރަނި އަދާކުރުމުގައި ފަރުވާތެރިވުމަކީ އީމާންކަމުގެ ޢަލާމާތެއް''

މާލީ މުޢާމަލާތްތައް ކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއް ކަމަށާއި، ގަނެވިއްކުމުގައި ތެދުވެރިވެ، މުޢާމަލާތްތަކުގައި އަމާނާތްތެރިވެ، އަދި ދަރަނި އަދާކުރުމުގައި ފަރުވާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. “މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން” މި މައުޟޫޢަށް ޚާއްޞަކޮށްގެން  ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މުދަލުން ހޭދަކުރުމުގައި އިޤްތިޞާދު ކުރުމަކީ އިސްލާމްދީން ދައްކައިދީފައިވާ މަގު ކަމަށެވެ. އެގޮތުން މުދަލުނ...

ހިތާމަވެރި ހާދިސާތަކަށްފަހު މިއަދުގެ ހުތުބާގެ ނަސޭހަތް: ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރޭ!
Column

ހިތާމަވެރި ހާދިސާތަކަށްފަހު މިއަދުގެ ހުތުބާގެ ނަސޭހަތް: ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރޭ!

މި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ. ހުތުބާގައި ބުނެފައިވަނީ ކުޑަކުދިންނަކީ މާތްﷲ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހާ ހާލަތެއްގައިވެސް އެ މަތިވެރި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށެވެ. ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ލިބުނު ހިތްދަތި ހަބަރުތަކުގެ ތެރޭގައި، ނ...

އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ
Column

އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ

އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މު...

ކީރިތި ރަސޫލާގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ހުތުބާ
Column

ކީރިތި ރަސޫލާގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ހުތުބާ

ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. “މާތް ނަބިއްޔާ މުޙައްމަދު ﷺ ދެކެ ލޯބިވުން” މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ވަނީ ކައުއިތުރު މާތް ނަބިއްޔާގެ މަތިވެރިކަމާއި އެކަލޭގެފާނު ދެކެ ލޯބިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، ކީރިތި ރަސޫލާ مُحَمَّدٌ ﷺ ފޮނުއްވުމުގެ ކުރިން މީސްތަކުން ތިބީ ބޮޑުވެގެންވާ ޖާހި...

''ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން''
Column

''ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން''

އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތްކަމަށާއި، ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. “ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު” މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ގެނެސްދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ﷺ އަށް ކިޔަމަންވުމަށް ކީރި...

''ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން''
Column

''ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން''

ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. “މަޑުމައިތިރިކަން އިސްކުރުން” މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް ބާރުއަޅާ ފުރިހަމަ ދީނެއް ކަމަށެވެ. މި ހުތުބާގައި ގެނެސްދީފައިވާ މަތިވެރި ނަސޭހަތްތަކުން ބައެއް ނަސޭހަތްތަކަކީ، އަޚުލާޤީ ރިވެތ...

''މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ''
Column

''މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ''

މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދޭނެކަމާއި، އެ ދުވަހުގެ ބިރުވެރިކަމަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ. ”ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!” މި މައުޟޫއަށް ރާއްޖޭގެ އެކިކިސް މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހު އިންސާނާގެ ހާލަތު ހުންނާނެ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ. ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤިޔާމަތްވެ ދުނިޔޭގެ ނިމުން އަނ...

''މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ ކަންކަމާ ހަވާލުވެތިބި މީހުން އިޚުލާޞްތެރިވެގެން''
Column

''މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ ކަންކަމާ ހަވާލުވެތިބި މީހުން އިޚުލާޞްތެރިވެގެން''

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ. “މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާ އަދާކުރުން” މި މައުޟޫޢަށް ރާއްޖޭގެ އެކިކޮޅުތަކުގައި އިއްވި ހުތުބާގައި ބުނެފައިވަނީ، ކޮންމެ އިންސާނަކީވެސް މި ދުނިޔޭގައި ކުރާ ކަންތައްތަކާ މެދު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށެވެ. ވަކީން ޚާއްޞ...

''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''
Column

''ސިހުރުވެރިޔެއްގެ ކިބައިން ކަމަކު އެދުމާއި ސުވާލުކުރުމާއި ބަސް ޤަބޫލުކުރުން ވެސް ވަނީ ނަހީކުރައްވައިފައި''

ސިހުރުވެރިއެއްގެ ކިބައިން ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުން ދައްކާ ވާހަކަ ގަބޫލުކުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް، ސިހުރުގެ ނުރައްކާތެރިކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާގައި އަގުހުރި ދަރުސްތަކެއް ދީފިއެވެ. “ސިހުރު ހާހޫރައިގެ ނުބައިކަން” މި މައުޟޫއަށް ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިހުރު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޝިރުކުގެ އަމަލެކެވެ. ސިހުރުވެރިއަކަށް ވެވޭނީ ކޮންމެ ކަމެއްގައިމެ ޝައ...