ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

އެ ރަށު ކަންސިލުން ބުނީ ދާއިމީ ލިސްޓް އާންމުކޮށްފައި އެވަނީ "ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީ" އިން ވިލަރެސް ކުރުމަށްފަހު ވަގުތީ ލިސްޓް ޢާއްމު ކުރެވި، ހުށައެޅި ޝަކުވާތައް ބެލުމަށްފަހު ކަމަށެވެ.

Ad
rt

އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 2400 (ދެހާސް ހަތަރު ސަތޭކަ) އަކަފޫޓުގެ 215 ގެވަޅަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ފުރުސަތުގެ ދަށުން 343 ފަރާތަކުން ފޯމް ހުށަހެޅިއެވެ.

ދާއިމީ ލިސްޓްގެ ލިންކް: މަކުނުދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް

ގެވަޅަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތިގެ ވަގުތީ ލިސްޓ އާންމުކޮށް ޝަކުވާ ހުށަހަޅަން އެ ރަށު ކައުންސިލުން ހުޅުވާލީ ފާއިތުވި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

އެރަށުން މިދިޔަ އަހަރުގެ ޖޫން މަހުވެސް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލިއެވެ. އެފަހަރު ދޫކުރަން ނިންމީ 2000 އަކަފޫޓްގެ 73 ގޯއްޗެވެ.