ށ. ފުނަދޫ އެއާޕޯޓު ބޮޑުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހުގައި އެދިއްޖެއެވެ.
ފުނަދޫ ކައުންސިލުން މިގޮތައް އެދުނީ އިއްޔެ ރައީސް މުޢިއްޒާއިއެކު އެ ކައުންސިލުން ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލުވުމަކީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުގައި އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލު ކުރެއްވުމެކެވެ.
ފުނަދޫ ކައުންސިލުން ރައީސް އަރިހު އެދުނުކަންކަން
- އެއާޕޯޓް ރަންވޭ ބޮޑުކޮށް ދިނުން
- ޔޫތު ސެންޓަރެއް ގާއިމުކޮށްދިނުން
- އިސްލާމީ މަރުކަޒެއް ގާއިމުކޮށްދިނުން
- ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އެ އަތޮޅު ފަރުކޮޅުގައި އިކޯ ޓޫރިޒަމް ގާއިމު ކޮށްދިނުން
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!