Skip to main content
Topic Archive

#ށ. ފުނަދޫ ކައުންސިލް

68 Stories filed
ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި
Thiladhunmathi News

ތެލުގެ ވިޔަފާރި ބިންތަކާ ކަންބޮޑުވުންތަކާއި ފިޔަވަޅުތަކާ މެދު ފުނަދޫ ރައްޔިތުންގެ މަޝްވަރާ ހޯދައިފި

ށ. ފުނަދޫގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ރަށުގައި މިހާރު ތެލުގެ ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ފުނަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ފުނަދޫ ކައުންސިލުން ބުނީ، މި ބައްދަލުވުމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މިފަ...

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ފުނަދޫގެ ތަރައްޤީ އާއި މާލީ ޕްލޭން ތައްޔާރުކުރަން ބީލަމަށް ހުޅުވާލައިފި

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ، ށ. ފުނަދޫގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ކުރިން ކައުންސިލުގެ އިޢުލާނުގައި ހިމަނާފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ އިދާރާއިން އެދިފައިވެއެވެ. މީގެއިތުރުން ރަޖިސްޓްރީވާ ފަރާތ...

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުން ފުނަދޫ ޝުޢާޢު ރަން ވަނަތަކެއް ހޯދައިފި

“ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގައި ވާދަކޮށް، ށ. ފުނަދޫ ހިޔާވެހި، ފާޠިމަތު ޝުޢާޢު ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ހޯދައި އެވޯޑް ޙާޞިލްކޮށްފިއެވެ. ޝުޢާޢު މި މައުރަޒުގައި ވާދަކޮށްފައިވަނީ ދީނީ އުފެއްދުންތަކުގެ ދާއިރާއިންނެވެ. މި މައުރަޒުގެ ދީނީ އުފެއްދުންތަކުގެ މައި ގިންތިން ޝުޢާޢު ވަނީ 1 ވަނަ ހޯދާފައެވެ. މީގެއިތުރުން، ދީނީ އުފެއްދުންތަކުގެ ދަށުގިންތި ކަމަށްވާ، ކުޑަކުދިންނަށް ދީނީ ކަންކަން އުނގަންނައިދިނުމަށް ބޭނުންކުރެވޭ އުފެއްދުންތައް އުފެއްދުމުގެ ބައިން ވެސް އޭނާ ވަނީ ކާމިޔާބީ ހ...

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ފުނަދޫ ދައްފަޅަށް ވެލިވަންނަ މައްސަލައަށް ހައްލެއް ހޯދުމަށާއި އައު ނެރެއް ކެނޑުމަށް އީއައިއޭ ހަދައިދޭނެ ބަޔަކު ހޯދަނީ

ށ. ފުނަދޫގެ ދައްފަޅުގެ އެތެރެއަށް ވެލިވަނުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ބެލުމަށާއި، އެ ރަށުގެ އިރުމަތީ ފަރާތުން އައު ނެރެއް ކެނޑުމުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ފުނަދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ. ފުނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރަށުގެ ދައްފަޅުގެ އެތެރެއަށް ވެލިވަންނަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެޅިދާނެ އެކަށީގެންވާ ފިޔަވަޅުތަކަކީ ކޮބައިތ...

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

އައިޔޫއެމްގެ ފުނަދޫ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ށ. ފުނަދޫ ކެމްޕަހާއި ދަރިވަރުންގެ ދަނާލު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ށ. ފުނަދޫގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އައިޔޫއެމްގެ އިސްވެރިންގެ ތެރެއިން ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ށ. ފ...

ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ފުނަދޫ ''ސެންޓްރަލް ސްކެއަރ–ފޭސް 01''ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ “ސެންޓްރަލް ސްކެއަރ” ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު  ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވ...

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ފުނަދޫ ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ ޑިޒައިނަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ގެ ކުރެހުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބިން ހިއްކާ ސަރަޙައްދު ފާހަގަކޮއްފައިވާ އެ ރަށުގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު، އެ ކައުންސިލުން ބުނެފައިވަނީ، އެ ކުރެހުމާ ގުޅިގެން، އެއްވެސް ޚިޔާލެއް، މަޝްވަރާއެއް ނުވަތަ ކަންބޮޑުވުމެއް ވާނަމަ އެ އިދާރާއާ ޙިއްޞާ ކުރުމަށެވެ. އެ ގޮތުން، ރައްޔިތުންގެ ޙިޔާލުތައް، އެ ކުރެހުމާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފ...

އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި
Thiladhunmathi News

އަހްމަދުގެ ވަދާއީ މެސެޖު: އަބަދުވެސް ހުންނާނީ ފުނަދޫއަށް ހެޔޮއެދޭ މީހެއްގެ ގޮތުގައި

ށ. ފުނަދޫ ކައުންސިލް ހުނިޖަހައިލެވެނީ ކޮންމެ ދައުރެއްގައިހެން އުތުރުގެ ސަރަހައްދުން އެންމެ ހިންގުންތެރި އެއް ކައުންސިލްގެ ގޮތުގައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ އެކި އެވޯޑްތައް އެ ކައުންސިލުން ހޯދަމުންދާ މިންވަރު ފުދެއެވެ. ފުނަދޫއަށް މިއަދު އައިސްފައިވާ ތަރައްގީގެ ފަހަތުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި އިހުލާސްތެރި ގުރުބާނީތަކެއް ވާއިރު، އޭގެ ތެރެއިން ފޭއްދިގެން އަންނަ އެއް ނަމަކީ ކައުންސިލްގެ މިނިމިދާ ދައުރުގެ ރައީސް އަހްމަދު އިބްރާހީމްފ...

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް
Thiladhunmathi News

ފުނަދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީ އަށް

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގައި ށ. ފުނަދޫ ކައުންސިލްގެ ގޮނޑިތައް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބުގައި ފުނަދޫގެ ގޮނޑިތަކަށް އިދިކޮޅު އެމްޑީޕީން ވާދަކޮށްފައެއްނުވެއެވެ. މި ގޮނޑިތަކަށް ޕީއެންސީގެ ކެންޑިޑޭޓުންނާއި ވާދަކުރީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން ފުނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ...

ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް
Thiladhunmathi News

ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް

ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސް...

ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި
Thiladhunmathi News

ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި

ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުނަދޫ ކައުންސިލާއި އެކު އެމް.އޯޔޫގައި ސޮއިކޮށްފިއެވެ. މި އަހަރުގެ މި މުބާރާތް ހޯސްޓްކުރުމަށް ށ. އަތޮޅު ކައުންސިލުން ހުށަހެޅި އިރު އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ފުނަދޫގައެވެ. އެގޮތުން ށ. އަތޮޅު ކައުންސިލުން “ތިލަދުން” އަށް ބުނިގޮތުގައި...

''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި
Thiladhunmathi News

''ނަލަވެށި-ށަވިޔަނި'' ޕްރޮގްރާމުގެ ދަށުން ފުނަދޫގެ ގޮނޑުދޮށް ސާފުކޮށްފި

ދުނިޔޭގެ ކަނޑުތަކާއި ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ނަލަވެށި ށަވިޔަނި 2025” ޕްރޮގްރާމުގެ ދަށުން ށ. ފުނަދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ފުނަދޫ ދަށްފަޅުގެ އިރުމަތި އަދި ހުޅަނގު ފަރާތު ހޭޅި ސަރަހައްދާއި ނިކަގަސް ބީޗުގެ ސަރަހައްދުތައް ހިމެނޭހެން ފުނަދޫ ކައުންސިލާއި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުން ވަނީ ސާފުކޮށްފައެވެ. ފުނަދޫ ކައުންސިލުގެ ރައީސް އަޙުމަދު އިބްރާހީމްފުޅު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތުގެ ދަށުން...

ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު!
Thiladhunmathi News

ފުނަދޫއަށް އުދައެރުން، ނަރުދަމާގެ މެއިން ޕަމްޕްސްޓޭޝަން ގިރާލުމުގެ ބިރު!

ށ.ފުނަދޫއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް، ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މެއިން ޕަމްޕްސްޓޭޝަން ގިރާލައި އެ ނިޒާމަށް ގެއްލުންވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ. އެ ރަށަށް އުދައެރުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ބުނީ ކުރިން ދުވަހު ވެސް އެރަށަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އިއްޔެ (27 ޖޫން) މާބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ އިއްޔެ އުދައަރާފައި ވަނީ ރަށުގެ ދެކުނު ފަރާތުން ކަމަށާއި، އުދައެ...

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ
Thiladhunmathi News

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ

ށ.ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ އެ ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އެ ފަޅަކީ ގިނަ އަދަދަކަށް “މަޑް ކްރެބް” އާލާވާ ތަނެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ […]

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި
Thiladhunmathi News

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]