ހއ.އަތޮޅު (ތިލަދުންމަތީ އުތުރުބުރި) ހޮސްޕިޓަލަށް މެނޭޖަރަކާއި ޕޮލިޓިކަލް ޑިރެކްޓަރެއް ހަމަޖައްސައިފިއެވެ.
އެ ހޮސްޕިޓަލްގެ ހެލްތު ސާވިސްގެ މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ މޫސާ ނަސީރުއެވެ. އައި އެ ހޮސްޕިޓަލްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މަލީހާ ރަޝީދެވެ. މަލީހާ ވަނީ ކުރިން ޕީއެސްއެމްގައި ނިއުސްކާސްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އަލަށް އެ ހޮސްޕިޓަލާއި ގުޅުނު މި ދެ ބޭފުޅުންނަށް އެ ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ މިއަދު މަރުހަބާ ދަންނަވާފައެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރަކަށް އެންމެފަހުން ހުންނެވީ އާދަމް ނަސީރު އެވެ.
ހއ. އަތޮޅު ހޮސްޕިޓަލް ހުންނަނީ އެ އަތޮޅުގެ ވެރިރަށް ދިއްދޫގައެވެ.
އާ ސަރުކާރާއެކު އަތޮޅު ފެންވަރާއި ރަށު ފެންވަރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް އަންނަނީ ސިޔާސީ ވެރިން ލައްވަމުންނެވެ. ކުރީ ދެ ސަރުކާރުގައި ވެސް އޭގެ ގިނަ ތަންތަނަށް ސިޔާސީ ވެރިން ޢައްޔަނުކޮށްފަވެއެވެ.